އެމް.އެން.ޔޫ. ޖޮބް ފެސްޓިވަލްގައި ބައިވެރިވުމުގެ ސުންގަޑި މާދަމާ ހަމަވަނީ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ.) އިން އިންތިޒާމުކުރާ "ފަހި ފުރުސަތު" 2026 ޖޮބް ފެސްޓިވަލްގައި ބައިވެރިވާން ވަޒީފާދޭ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ސުންގަޑި މާދަމާ ރެއަށް ހަމަވާނެ ކަމަ...

13 May 2026 | 12:50
މިދިޔަ އަހަރު ބޭއްވި ޖޮބް ފެސްޓިވަލްގެ ތެރެއިން - ފޮޓޯ: އެމްއެންޔޫ

މިދިޔަ އަހަރު ބޭއްވި ޖޮބް ފެސްޓިވަލްގެ ތެރެއިން - ފޮޓޯ: އެމްއެންޔޫ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ.) އިން އިންތިޒާމުކުރާ "ފަހި ފުރުސަތު" 2026 ޖޮބް ފެސްޓިވަލްގައި ބައިވެރިވާން ވަޒީފާދޭ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ސުންގަޑި މާދަމާ ރެއަށް ހަމަވާނެ ކަމަށް އެ ޔުނިވަރސިޓީން ބުނެފިއެވެ.

ފޯމު ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ 14 މެއި 2026 ވާ ބުރާސްފަތި ދުވަހުގެ ރޭ 23:00 އެވެ. މި ފެސްޓިވަލް ބާއްވާ ގޮތަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ ތިނެއް އިން ފަހެއް އަށް، ޔުނިވަރސިޓީގެ ހުރިހާ ކެމްޕަހެއްގައެވެ. ފެސްޓިވަލް ކުރިއަށްދާނީ ކޮންމެ ދުވަހެއްގެ ހަވީރު 16:00 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 22:00 އަށެވެ.

"ފަހި ފުރުސަތު" އަކީ ދަރިވަރުންނާއި ދަސްވެނިންނާއި ވަޒީފާ ހޯދާ ފަރާތްތައް، ވަޒީފާދޭ ފަރާތްތަކާ އެއް ފުރާޅެއްގެ ދަށުން ބައްދަލުކޮށްދޭ ހަރަކާތެކެވެ. މި ފެސްޓިވަލްގެ ތެރެއިން އެކި މުއައްސަސާތަކާއި ކުންފުނިތަކުގައި ހުރި ވަޒީފާގެ ފުރުސަތުތަކާއި އިންޓާންޝިޕް އަދި ތަމްރީނު ޕްރޮގްރާމްތަކުގެ މައުލޫމާތު ލިބިގެންދާނެއެވެ. އަދި ވަޒީފާ ހޯދާ ފަރާތްތަކަށް އެކި ދާއިރާތަކުން ހުރި ކުރިއެރުމުގެ މަގުތައް ދެނެގަނެ، ވަޒީފާދޭ ފަރާތްތަކާ ސީދާ މަޝްވަރާކުރުމުގެ ފުރުސަތު ވެސް ފެސްޓިވަލުން ފަހިވެގެންދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް