މިދިޔަ އަހަރުގެ ބޮޑު ޢީދުން ބ. ކުޑަރިކިލުގެ މަންޒަރެއް - ފައިލް ފޮޓޯ: ދުވަސް
މި މަހުގެ 24 ވާ އާދިއްތަ ދުވަހާއި 25 ވާ ހޯމަ ދުވަސް ވެސް ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ހަމަޖައްސަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ރައީސް އޮފީހުން ބުނީ، އެ ދެ ދުވަސް ރަސްމީ ބަންދު ދުވަހުގެ ގޮތުގައި ހަމަޖެއްސެވީ، އަޟްޙާ ޢީދުގެ ބަންދާ ގުޅިގެން ޢާއިލާ އާ އެކު ވީހާ ވެސް ގިނަ ދުވަސްތަކެއް ހޭދަ ކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ކަމަށެވެ. ރައީސްގެ މި ނިންމެވުމާ އެކު، މި ފަހަރުގެ ޢީދު ބަންދަށް ޖުމްލަ ހަފުތާއެއް ލިބޭނެއެވެ.
މި އަހަރުގެ ޙައްޖު ދުވަހަކީ މި މަހުގެ 26 ވަނަ ދުވަހެވެ. އަޟްޙާ ޢީދުގެ ދުވަސްތައް އަންނަނީ މި މަހުގެ 27 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށެވެ.
ޢީދު ބަންދަށް ފަހު ސަރުކާރުގެ އޮފީސްތައް އަލުން ހުޅުވޭނީ މި މަހުގެ 31 ވާ އާދިއްތަ ދުވަހު ކަމަށް ވެސް ރައީސް އޮފީހުން ބުނެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް