މިދިޔަ ހަފްތާ ހުޅުމާލޭގައި ހިނގި ބަސް އެކްސިޑެންޓްގައި މަރުވި ޔުކްރެއިން މީހާގެ ހަޑިގަނޑު މިއަދު ގައުމަށް ގެންދާނެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ، މަރުވި އަންހެން މީހާގެ އާއިލާގެ ފަރާތުން ފުރިހަމަ ކުރަން ޖެހޭ ހުރިހާ ކަމެއް ނިމިއްޖެ ކަމަށާއި، މިއަދު އާއިލާ އާއި އެކީ ހަށިގަނޑު ގައުމަށް ފޮނުވައިލާނެ ކަމަށެވެ.
މި އެކްސިޑެންޓް ހިނގަން މެދުވެރިވީ، އެމްޓީސީސީގެ ބަސް ދުއްވަން އިން ޑްރައިވަރަށް ނިދި ޖެހިގެންންނެވެ. އަންހެން މީހާ މަރުވެފައިވަނީ ބަސް ދަށުވެގެންނެވެ.
މީގެ އިތުރުން އެމްޓީސީސީގެ އިތުރު ބަހެއް މީގެ ތިން ދުވަސް ކުރިން ވަނީ އެކްސިޑެންޓް ވެފައެވެ. މި އެކްސިޑެންޓް ވެސް ހިނގަން މެދުވެރިވީ ބަސް ދުއްވަން އިން ޑްރައިވަރަށް ނިދި ޖެހިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް