ސެނަހިޔާ ހޮސްޕިޓަލަކަށް ބަދަލު ކުރުމަށް އިންޑިއާގެ އެހީ ހޯދަނީ

ސެނަހިޔާ ހޮސްޕިޓަލަކަށް ބަދަލު ކުރުމަށް އިންޑިއާއިން ފޯރުކޮއްދެވޭނެ އެހީތަކާ ގުޅޭގޮތުން މަޝްވަރާކޮއްފިއެވެ. ދެ ގައުމުގެ ދިފާއީ ބާރުން މިކަމާ ގުޅޭ މަޝްވަރާތަކަށް އިންޑިއަން އަރްމަންޑް ފޯސަސްގެ ވަފްދެއް...

13 May 2019 | 07:08

ސެނަހިޔާ ހޮސްޕިޓަލަކަށް ބަދަލު ކުރުމަށް އިންޑިއާއިން ފޯރުކޮއްދެވޭނެ އެހީތަކާ ގުޅޭގޮތުން މަޝްވަރާކޮއްފިއެވެ.

ދެ ގައުމުގެ ދިފާއީ ބާރުން މިކަމާ ގުޅޭ މަޝްވަރާތަކަށް އިންޑިއަން އަރްމަންޑް ފޯސަސްގެ ވަފްދެއް ވަނީ ރާއްޖެ ވަޑައިގަންނަވާ، ރާއްޖޭގެ ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއާއި ބައްދަލުކުރައްވާފައެވެ. މި ވަފްދުގައި އިސްކޮށް ހުންނެވީ އިންޑިއަން އަރމްޑް ފޯރސެސް މެޑިކަލް ސަރވިސް، މޭޖަރ ޖެނެރަލް ޑރ.ޕްރަޝާންތް ބަރަދްވާޖްއެވެ.

މި ބައްދަލުވުމުގައި ވާހަކަ ސެނަހިޔާ ހޮސްޕިޓަލަކަށް ބަދަލު ކުރާއިރު އިތުރު ކުރަންޖެހޭ ހިދުމަތްތަކާއި ބޭނުންވާ ވަސީލަތްތަކާއި، މީހުން ތަމްރީން ކުރުމަށް ބޭނުންވާ އިތުރު ދާއިރާތަކާ ގުޅޭގޮތުން ވަނީ މަޝްވަރާ ކޮއްފައެވެ. އަދި މި މަސައްކަތުގައި އިންޑިއާއިން އެހީ ފޯރުކޮއްދެވޭނެ ދާއިރާތަކާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާ ކޮއްފައެވެ.

މީގެއިތުރުން، އިންޑިއަން އަރމްޑް ފޯސެސްގެ ވަފުދުންވަނީ ޑިފެންސް މިނިސްޓަރގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުއްﷲ ޝަމާލް އާވެސް ބައްދަލުކުރައްވާފައެވެ. އަދި ސެނެހިޔާ އިން ފޯރުކޮށްދޭ ސިއްޙީ ޚިދުމަތްތައް ކުރިއެރުވުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

އެގޮތުން އެމްއެންޑީއެފުން ފޯރުކޮށްދޭ ސިއްޙީ ޚިދުމަތްތައް އިތުރަށް ރަނގަޅު ކުރުމަށް ކުރެވޭނެ ކަންކަމާއި، ކަންކަން ރާވާ ހިންގުމުގައި އިންޑިއާގެ ލަފާވަނީ ހޯއްދަވާފައެވެ.

ހަމައެއާއެކު، އެކި ދާއިރާތަކުގެ ޚާއްޞަ ޑޮކްޓަރުންގެ ޚިދުމަތާއި، އިތުރު ޓެސްޓްތައް ހެދޭނެ އިންތިޒާމް ހަމަޖައްސައި، ބޮޑެތި ބަދަދަލުތަކާއެކު ސެނެހިޔާ ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި ސީޓީ ސްކޭނާއި، އެމްއާރްއައިފަދަ ޚިދުމަތްތައްވެސް ސެނެހިޔާގައި ތައާރަފްކުރާނެކަމަށް ވެސް އެމްއެންޑީއެފުން ވަނީ ހާމަކޮއްފައެވެ.

އަދި ސެނެހިޔާއިން ޑޮކްޓަރަށް ދައްކަން ބޭނުންވާ ފަރާތްތަކަށް އޮންލައިންކޮށް އެޕޮއިންޓްމަންޓް ހެދޭނެ ގޮތް ހެދުމަށް އެޕްލިކޭޝަނެއް ތައްޔާރުކުރުމުގެ މަސައްކަތްވެސް ސެނެހިޔާއިން ދަނީ ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް