ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން ހިންގާ ނިއުޕޯޓު ވިއުގެ އިތުރު މައްސަލައެއްގެ އަޑުއެހުން މިއަދު 11:00 ގައި ވަނީ ސިވިލް ކޯޓުގައި ތާވަލް ކޮށްފައެވެ.
މި އަޑު އެހުމަކީ ނިއުޕޯޓުގެ ކޮންޓްރެކްޓް ބާތިލު ކުރި މައްސަލާގައި، ނިއުޕޯޓު ހިންގާ ކުންފުނިން ޕްލޭނިންގ މިނިސްޓްރީއާއި ދެކޮޅަށް ކުރި ދައުވާ އާއި ގުޅިގެން ކުރިއަށް ގެންދާ އަޑުއެހުމެކެވެ.
މީގެ ކުރިންވެސް އެ ކުންފުނިން ވަނީ ތިން މައްސަލައެއް ހުށަހަޅާށާފައެވެ. އެ ތިން މައްސަލަ ވެސް ނިމިފައިވަނީ އެ ކުންފުންޏާއި އެއްކޮޅަށެވެ. އެ ހުރިހާ މައްސަލައެއް ނިމިފައި ވަނީ މިދިޔަ މަހުގެ ތެރޭގައެވެ.
ނިއު ޕޯޓް ރެސްޓޯރެންޓް ބަންދުކޮށް، އެތަން ހުސްކުރަން ސަރުކާރުން އެންގީ މިއަހަރުގެ މާޗް މަހުގެ 11 ވަނަ ދުވަހު އެވެ. ސްޓާޑާ ކުންފުންޏަށް ސަރުކާރުން އެ ރެސްޓޯރެންޓު ފުރަތަމަ ދޫކުރީ 3 އަހަރަށެވެ. ނަމަވެސް ފަހުން އެ މުއްދަތު ވަނީ 8 އަހަރަށް އިތުރުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް