N/A
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ދަސްވެނިވުމުގެ ރަސްމިއްޔާތު މި މަހުގެ 29 އަދި 30 ގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ.
އެމްއެންޔޫއިން ބުނި ގޮތުގައި، މި ރަސްމިއްޔާތު ކުރިއަށް ގެންދާނީ ޖުމްލަ ހަތަރު ސެޝަނަކަށް ބަހާލައިގެން، އެ ޔުނިވަރސިޓީގެ އޭ ބްލޮކް އޮޑިޓޯރިއަމްގައެވެ. ދެ ދުވަހު ވެސް ހެނދުނު ސެޝަން 09:00 ގައި އަދި މެންދުރުފަހު ސެޝަން 13:00 ގައި ފެށުމަށް ވަނީ ތާވަލުކޮށްފައެވެ.
ދަރިވަރުންނާއި ބެލެނިވެރިންނަށް މި ރަސްމިއްޔާތު ވަގުތުން ބަލައިލެވޭ ގޮތް ހެދުމުގެ ގޮތުން، ޓީވީއެމް މެދުވެރިކޮށް ރަސްމިއްޔާތު ލައިވް ކުރާ ގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް