ބާކީވާ ކާއެއްޗެހި ނައްތާލާ މެޝިނެއް ރައްޔިތުންގެ މަޖިލީހަށް ހަދިޔާކޮށްފި އެވެ.
އެ މެޝިނު މަޖިލީހަށް ހަދިޔާ ކުރީ ޕްލޭންހޮޓެލް ހޮސްޕިޓެލިޓީ ގްރޫޕުންނެވެ. މި މެޝިނާ ރަސްމީކޮށް ހަވާލުވެވަޑައިގެންނެވީ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ.
މެޝިނާ ހަވާލުވެވަޑައިގެންނެވުމަށް ފަހު ނަޝީދު ވަނީ އެ މެޝިން ބޭނުން ކޮށްގެން ކާއެއްޗެހި ނައްތާލައްވާފައެވެ. އަދި އެ ކުންފުނިން ވަނީ އެ މެޝިން ބޭނުން ކުރާނެ ގޮތް ދައްކާލާފަ އެވެ.
އ ެމެޝިނުން ނައްތާލާ ކާއެއްޗެހި ބަދަލުވަނީ ގަހު ކާނާ އަށެވެ.
ނަޝީދު މި ރަސްމިއްޔާތުގައި ވިދާޅުވީ މިފަދަ މެޝިނަކީ މަޖިލީހަށް ވަރަށް ބޭނުންތެރި އެެއްޗެއް ކަމަށެވެ.
މަޖިލީހަކީ ގިނަ އަދަދަކަށް ބަގީޗާ އާއި ގަސް ހައްދާފައި އޮންނަ ތަނެކެވެ. މީގެ އިތުރުން ޖަލްސާތަކާއި ކޮމިޓީ ބައްދަލުވުންތައް ކުރިޔަށް ދާއިރު މެންބަރުންގެ ސަޔާއި ކެއުމަށް މަޖިލީހުން ގިނަ އަދަދަކަށް ކާއެއްޗެހި އެ އިދާރާއަށް ގެންދެއެވެ. އޭގެން ބާކީވާ ބައިވެސް ހުންނާނެކަން ޔަގީނެވެ.
އެހެންކަމުން ރައީސް ނަޝީދު ވިދާޅުވިފަދައިން މިފަދަ މެޝިނަކީ މަޖިލީހަށް ވަރަށް މުހިންމު މެޝިނެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް