އެސްޓީއޯއިން ވިއްކާ ޑީސަލްގެ އަގުން 30 ލާރި ހެޔޮކޮށްފި އެވެ.
އެ ކުންފުނިން ބުނީ މިއަދުން ފެށިގެން ޑީސަލް ލީޓަރެއް ވިއްކާނީ 10.89 ރުފިޔާއަށް ކަމަށެވެ.
އެސްޓީއޯ އިން ވިއްކާ ޕެޓްރޯލްގެ އަގަށް މި ފަހަރު ބަދަލެއް ނުގެނެ އެވެ. ޕެޓްރޯލް ލީޓަރެއް މިހާރު ވިއްކަނީ 10.13 ރުފިޔާ އަށެވެ. އެސްޓީއޯ އިން ވިއްކާ ޕެޓްރޯލްގެ އަގު އެންމެ ފަހުން ހެޔޮކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އެވެ.
އެ ކުންފުނިން ބުނީ ތެލުގެ އަގަށް ދުނިޔޭގެ ބާޒަރުގައި ބަދަލު އަންނަމުން ދިޔަޔަސް އެސްޓީއޯއިން މަސައްކަތް ކުރަމުންދަނީ ތެލުގެ އަގު ރާއްޖޭގައި އެއްވަރަށް ހިފެހެއްޓުމަށް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް