ހިމަބިހި ވެކްސިން ދިނުން ދަމަނަވެށީގައިވެސް ކުރިއަށް

ރާއްޖޭގައި ހިމަބިހި ފެތުރެމުން އަންނަކަން ސަރުކާރުން މިއަދު އިއުލާނުކޮށްފައިވާއިރު ހިމަބިހި ވެކްސިން ދިނުމުގެ ހިދުމަތް ދަމަނަވެށީގައިވެސް ފަށާފައިވާކަމަށް ދަމަނަވެށިން ބުނެފިއެވެ. އެގޮތުން ދަމަނަވެށިނ...

13 Jan 2020 | 18:10

ރާއްޖޭގައި ހިމަބިހި ފެތުރެމުން އަންނަކަން ސަރުކާރުން މިއަދު އިއުލާނުކޮށްފައިވާއިރު ހިމަބިހި ވެކްސިން ދިނުމުގެ ހިދުމަތް ދަމަނަވެށީގައިވެސް ފަށާފައިވާކަމަށް ދަމަނަވެށިން ބުނެފިއެވެ.

އެގޮތުން ދަމަނަވެށިން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވާގޮތުގައި ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:15 އިން ހަވީރު 05:00 އާއި ހަމައަށް ދަމަނަވެށިން ހިމަބިހި ވެކްސިން ޖެހުމުގެ އިންތިޒާމު ހަމަޖެހިފައި ހުންނާނެއެވެ.

އެ އިއުލާނުގައި ބުނެފައިވާގޮތުގައި ދަމަނަވެށިން ހިމަބިހި ވެކްސިން ޖަހައިދޭނީ އެ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުކޮށްތިބި ކުދިންގެ ތެރެއިން އުމުރުން 18 އަހަރުން ދަށުގެ ކުދިންނަށެވެ. އެއްވެސް ފީއެއް ނުނަގާނެ ކަމަށްވެސް ދަމަނަވެށިން ބުނެފައިވެއެވެ.

ހިމަބިއްސަކީ ރާއްޖެއިން ނައްތާލެވިފައިވާ ބައްޔެއްކަން އދގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވަނިކޮށް ރާއްޖެއިން މިވަނީ ހިމަބިހި ފެނިފައެވެ. އަދި އެއީ އައުޓްބްރޭކެއްކަން މިވަނީ އިއުލާނުވެސް ކޮށްފައެވެ.

މިހާތަނަށް ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ކުޑަ ކުއްޖަކު ހިމަބިއްސަށް ޕޮޒިޓިވްވެ ފަރުވާ ދީފައިވެއެވެ. 17 އަހަރުގެ ކުއްޖަކު ހިމަބިއްސަށް ޝައްކުވެ ޓެސްޓްތައް ހަދާފައިވެއެވެ. ނަމަވެސް އެ ކުއްޖާ ހިމަބިއްސަށް ޕޮޒިޓިވް ވެފައެއް ނުވެއެވެ. މީގެ އިތުރުން އުމުރުން 30 އހަރުގެ ފިރިހެނަކަށް ހިމަބިހިޖެހި މިހާރު އަންނަނީ އައިޖީއެމް ހޮސްޕިޓަލުގައި އެމީހާއަށް ފަރުވާ ދެމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް