ސުޕްރީމް ކޯޓުގެ ރަޖިސްޓްރާގެ މަގާމަށް ސ. ހުޅުދޫ، ރަތްވިލާގެ ރައުފާ ހައިދަރު އައްޔަން ކޮށްފިއެވެ.
ސުޕްރީމް ކޯޓުގެ ރަޖިސްޓްރާގެ މަގާމަށް ރައުފާ އައްޔަން ކޮށްފައިވަނީ މިދިޔަ އާދީއްތަ ދުވަހު އެވެ.
ރައުފާ އެންމެ ފުރަތަމަ ސުޕްރީމް ކޯޓާ ގުޅުނީ، އޮކްޓޯބަރު 19، 2011 ގައި އެސިސްޓެންޓް ލީގަލް އޮފިސަރުގެ މަގާމާއެކުއެވެ.
އެއަށްފަހު ނޮވެމްބަރު 6، 2019 ގައި ލީގަލް މަގާމުތަކުގެ އޮނިގަނޑަށް ގެނައި އިސްލާހާއި ގުޅިގެން ލީގަލް އޮފިސަރަކަށް ބަދަލުވިއެވެ.
މީގެ އިތުރުން ރައުފާ ވަނީ ވަގުތީ ގޮތުން ސުޕްރީމް ކޯޓުގެ ރަޖިސްޓްރާގެ މަގާމު ވެސް އަދާ ކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް