ރަނގަޅު ޖީލެއްބިނާވެގެން ނޫނީ ޤައުމުގައި އަމާންކަމެއް ދެމިގެން ނުދާނެ: ނައިބުރައީސް

ރަނގަޅު ޖީލެއް ބިނާވެގެން ނޫނީ  ޤައުމުގައި އަމާންކަން ދެމިގެން ނުދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ ސުކޫލުތަކުގެ ދަރިވަރު...

13 Jan 2019 | 07:18

ރަނގަޅު ޖީލެއް ބިނާވެގެން ނޫނީ  ޤައުމުގައި އަމާންކަން ދެމިގެން ނުދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ ސުކޫލުތަކުގެ ދަރިވަރުންނަށް ހެދުނުގެ ނާސްތާ ދިނުމުގެ ޕައިލެޓް ޕްރޮގްރާމް ރަސްމީކޮށް ފައްޓަވައިދެއްވުމުގެގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރަނގަޅު ޖީލެއް ބިނާކުރުމަށްޓަކައި ތައުލީމީ ދާއިރާ ހަރުދަނާ ކުރުމަށް މި ސަރުކާރުން ވަރަށް ބޮޑު އަހަންމިޔަތެއް ދެއްވާ ކަމަށާއި، މީގެ ކުރީގައި ދިވެހި ސަރުކާރުން ނުކުރާވަރުގެ ހޭދައެއް މި ސަރުކާރުން ތަޢުލީމީ ދާއިރާއަށް ކޮށްދެއްވާނެ ކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ.

މުދައްރިސުންގެ އަޑުއަހައި، މައިން ބަފައިންގެ ބަސްއަހައި، ފިލާވަޅުތަކަށް ޝައުޤުވެރިން ބަހައްޓައި، ފަސްވަގުތު ނަމާދުކޮށް ރަނގަޅު ނަތީޖާއެއް ހާސިލުކުރާ ކުދިންތަކަކަށް ވުމަށާއި އިލްމު އުނގެނުމުގެ މުހިންމުކަމުގެ މައްޗަށް ވެސް އެމަނިކުފާނުވަނީ އަލިއަޅުއްވާލައްވާފައެވެ.

ނައިބުރައީސް ދެއްކެވި ވާހަކަ ފުޅަށްފަހު، ޕައިލެޓު ޕްރޮގުރާމް ރަސްމީކޮށް ފައްޓަވާ ދެއްވުމުގެ ގޮތުން އަމީނިއްޔާ ސުކޫލުގެ ދަރިވަރުންނާއިއެކު ހެނދުނުގެ ނާސްތާގައި ވަނީ ބައިވެރިވެ ވަޑައިގެންނަވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް