ޕްރައިމަރީ އިން ބަލިވުމުން އެހެން ހައިސިއްޔަތަކުން އިންތިހާބުގައި ވާދަކުރެވުމާއި ގިނަ މެމްބަރުން ދެކޮޅު

އިންތިޙާބެއްގައި ވާދަކުރުމަށް ސިޔާސީ ޕާޓީއެއްގެ ޕްރައިމަރީގައި ބައިވެރިވެ، ބަލިވުމަށްފަހު އެހެން ހައިސިއްޔަތަކުން އެ އިންތިހާބެއްގައި ވާދަނުކުރެވޭނެ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނައި އިސްލާހު އ...

12 Dec 2018 | 09:18

އިންތިޙާބެއްގައި ވާދަކުރުމަށް ސިޔާސީ ޕާޓީއެއްގެ ޕްރައިމަރީގައި ބައިވެރިވެ، ބަލިވުމަށްފަހު އެހެން ހައިސިއްޔަތަކުން އެ އިންތިހާބެއްގައި ވާދަނުކުރެވޭނެ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނައި އިސްލާހު އުވާލުމާ ދެކޮޅަށް މަޖިލީހުގެ ގިނަ މެންބަރުން ވާހަކަ ދައްކަވައިފިއެވެ.

ސިޔާސީ ޕާޓީއެއްގެ ޕްރައިމަރީގައި ބައިވެރިވެ، ބަލިވުމަށްފަހު އެހެން ހައިސިއްޔަތަކުން އެ އިންތިހާބެއްގައި ވާދަނުކުރެވޭނެ ގޮތަށް  އޮތް އިސްލު އުވާލުމަށް މަޖިލީހަށް ހުށަހަޅާފައިވަނީ ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދެވެ.

ޕްރައިމަރީގައި ބަލިވާ ފަރާތްތަކަށް އެހެން ހައިސިއްޔަތަކުން އިންތިޙާބުގައި ވާދަނުކުރެވޭނެ ގޮތަށް  ޕީޕީއެމްގެ މެންބަރުން ހުށަހެޅި އެ އިސްލާހު ފާސްކޮށް، އެއަށް އަމަލުކުރަން ފަށާފައިވަނީ 2016 ވަނަ އަހަރުގައެވެ. އަދި އެ އިސްލާހު މިހާރު އޮތްގޮތަށް ބޭއްވުމަށް އެމްޑީޕީ އަށް ނިސްބަތްވާ މެންބަރުން މިއަދު ވަނީ ވާހަކަ ދައްކަވައިފައެވެ.

މި އިސްލާހުގެ ބަހުސް މަރުހަލާގައި ވާހަކަފުޅު ދައްކަވަމުން ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު އަބްދުލްގަފޫރު މުހައްމަދު ވިދާޅުވީ މިއީ ބަލައިގަންނަން ދަތި އިސްލާހެއް ކަމަށެވެ. ޕްރައިމަރީގައި މައްސަލަ އުޅެދާނެ ކަމަށާއި އެކަން ގަބޫލު ނުކުރާނަމަ ކޯޓަށް ގޮސްގެން ނަތީޖާ ބާތިލް ކުރުމުގެ ފުރުސަތު ޕްރައިމަރީގައި ވާދަކުރާ ހުރިހާ އެންމެންނަށް އޮންނާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް