ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މެންބަރެއްގެ ގޮތުގައި ގާނޫނީ ވަކީލް މަސްތޫރު ހުސްނީ ޖުޑީޝަލް ސާވިސް ކޮމިޝަނަށް ހަމަޖައްސައިފިއެވެ.
ނިމިދިޔަ ރައީސް ޔާމީނުގެ ސަރުކާރުގައި އެމަނިކުފާނުގެ ފަރާތުން ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެމްބަރެއްގެ ގޮތުގައި ހުންނެވީ ރޭނިސް ސަލީމެވެ. ރައީސް ޔާމީންގެ ސަރުކާރުގައި ސަލީމް އެ މަގާމަށް އައްޔަން ކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި މުހައްމަދު ފައިސަލަށް ހައިކޯޓުގެ ފަނޑިޔާރުކަން ލިބި މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
މަސްތޫރު ހުސްނީ ޖޭއެސްސީގެ މެންބަރު ކަމުގެ ހުވައިކުރެއްވީ މިއަދު ރައީސް އޮފީހުގައެވެ. މަސްތޫރު ހުސްނީއަށް ހުވައިލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް