މަސްވެރިންގެ ދުވަސް ކަމުގައިވާ، މި މަހުގެ 10 ވަނަ ދުވަހު ކޫއްޑޫއަށް އެންމެ ގިނައިން މަސް ކިރުވި ދޯނީގެ ލަގަބު ގއ. ގެމަނަފުށީ ކަނޑު ރޯޅި ދޯނިން ހޯދައިފިއެވެ.
ދުވަހަށް މައުލޫމާތު ދެމުން އެ ދޯނިން ވާހަކަ ދެއްކި މީހަކު ބުނީ އެ ދުވަހު އެ ދޯނިން ކޫއްޑުއަށް 16 ޓަނު 500 ކިލޯ މަސް ކިރުވާފައިވާނެ ކަމަށެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި އެ ދުވަހު ދޯނިތަކުން އެވްރެޖް ގޮތެއްގައި ކިރުވާފައިވަނީ ގާތްގަޑަކަށް ފަސް ޓަނު މަހެވެ. އެހެންކަމުން އެހެން ދޯނިތަކުން ކިރުވާފައިވާ އަދަދަށް ބަލާއިރު ކަނޑު ރޯޅި ދޯނިން ކިރުވާފައިވާ އަދަދަކީ އެހެން ދޯނިތަކާ އަޅާ ބަލާއިރު ތިން ގުނަ އިތުރު އަދަދެކެވެ. ހުވަދު އަތޮޅުގައި މަސްވެރިކަންކުރާ 100 އަށްވުރެ ގިނަ ދޯނި އޮވެއެވެ.
މަސްވެރިންގެ ދުވަހަކީ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަސް ނަމަވެސް ސަރުކާރުން މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރަމުން އަންނަނީ މިއަދު އެވެ. މި ދުވަސް ރަސްމީކޮށް ފާހަގަކުރަމުން އަންނަނީ ގއ. ގެމަނަފުށީގައެވެ. މަސްވެރިންގެ ދުވަހުގެ ހަރަކާތްތައް އެ ރަށުގައި މިހާރު ފެށިގެން ކުރިއަށް އެބަދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް