މަޖިލީހުގެ ދާއިރާތައް ބެހުމުގެ މައްސަލާގައި ރައީސް ސާލިހަށް ޤާސިމްގެ ތައުރީފް

ކޯލިޝަން މެމްބަރުންގެ މެދުގައި މަޖިލީހުގެ ދާއިރާތައް ބެހުމުގައި ބޮޑެތި ޚިޔާލް ތަފާތުވުންތަކެއް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި ރައީސް އިބްރާޙިމް މުޙައްމަދު ސާލިހް އަމަލުކުރައްވަމުންދާ ގޮތަށް ޖޭޕީގެ ...

12 Dec 2018 | 07:20

ކޯލިޝަން މެމްބަރުންގެ މެދުގައި މަޖިލީހުގެ ދާއިރާތައް ބެހުމުގައި ބޮޑެތި ޚިޔާލް ތަފާތުވުންތަކެއް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި ރައީސް އިބްރާޙިމް މުޙައްމަދު ސާލިހް އަމަލުކުރައްވަމުންދާ ގޮތަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ތައުރީފް ކުރައްވައިފިއެވެ.

ގާސިމް ރައީސް ޞާލިޙަށް ތައުރީފު ކުރައްވާފައިވަނީ ޖުމްހޫރީ ޕާޓިއަށް ވަކީލުންތަކެއް ސޮއިކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުންނެވެ.

ޤާސިމް ވިދާޅުވީ ރައީސް ސާލިހް ޕާޓީތަކާއެކު އެއްބަސްވެ ވަޑައިގެންނެވި ގޮތަށް އަމަލު ކުރައްވާނެ ކަން އެމްޑީޕީގެ ގައުމީ މަޖިލިސް މެމްބަރުންގެ ގާތުގައި ދެންނެވި ދެންނެވުމަކީ އެމަނިކުފާނު ހިތްވަރާއެކު ސާބިތުވެ ހުންނެވި ކަމުގެ ހެއްކެއް ކަމަށެވެ.

ރާއްޖޭގެ މިއަދުގެ މަސްލަހަތު ހިފެހެއްޓެނީ ރައީސް ސާލިހް ހިތްފުޅުގައި އޮތް އިހްލާސްތެރިކަމަކާއި، އަމާނާތްތެރި ކަމަކުން ކަމަށް ޤާސިމް ވިދާޅުވިއެވެ. އަދި ރައީސް ސާލިހަކީ އިހްލާސްތެރި އަމާނާތްރިއެއް ކަމާމެދު ޝައްކެއްވެސް ނުކުރައްވާ ކަމަށް ގާސިމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ ރައީސް ސާލިހަށް ޖުމްހޫރީ ޕާޓީގެ ފަރާތުންނާއި އެމަނިކުފާނުގެ އާއިލާގެ ފަރާތުން ތާއީދު އަބަދުވެސް ލިބިވަޑައިގަންނަވާނެ ކަމަށެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންނާއި ރައީސް ސާލިހް މުލިއާގޭގައި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުތަކުގައި ކޯލިޝަނުގެ ދިފާއުގައި ވާހަކަފުޅު ދައްކަވާފައިވާތީ ޤާސިމް މިވަނީ ރައީސް ސާލިހަށް ތައުރީފް ކުރައްވާފައެވެ. މި ބައްދަލުވުމުގައި ރައީސް ސާލިހް ވަނީ އެމްޑީޕީން 87 ގޮނޑިއަށް ވާދަ ކުރުމާއިމެދު ދެވަނަ ވިސްނުމަކަށް ދިއުމަށް އެދިވަޑައިގަންނަވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް