ސީޕީގެ މަގާމުން ހަމްދޫން ވަކިކޮށް އެކްޓިން ސީޕީގެ މަގާމަށް ހަމީދު

ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި ހަމްދޫން ރަޝީދު އެ މަގާމުން ވަކިކޮށް އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް މުހައްމަދު ހަމީދު (އެމްސީ) ހަމީދު ހަމަޖައްސައިފިއެވެ. ރައީސް އޮފީހުން ބުނެފައ...

12 Dec 2018 | 07:15

ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި ހަމްދޫން ރަޝީދު އެ މަގާމުން ވަކިކޮށް އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް މުހައްމަދު ހަމީދު (އެމްސީ) ހަމީދު ހަމަޖައްސައިފިއެވެ.

ރައީސް އޮފީހުން ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް،‏ ޤާނޫނު ނަންބަރު 2008/5 (ފުލުހުންގެ ޤާނޫނު) ގެ 52 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތީން، ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި މ. ފެއަރީވިލާ ޙަމްދޫން ރަޝީދު އެމަޤާމުން ވަކިކުރައްވާފައިވާކަމަށެވެ.

އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޤާނޫނު ނަންބަރު 2008/5 (ފުލުހުންގެ ޤާނޫނު) ގެ 54 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތީން، މއ. ކޯރަލްބެރީ މުޙައްމަދު ޙަމީދު ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް މިއަދު އައްޔަންކުރައްވާފައިވާކަމަށާއި ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމު މިވަގުތު ހުސްކޮށް އޮތުމާގުޅިގެން، އެ މަގާމުގެ މަސްއޫލިއްޔަތުތައް، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދާ ވަގުތީގޮތުން ހަވާލުކުރައްވާފައި ކަމަށެވެ.

ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް ހަމްދޫން ރަޝީދު އައްޔަނުކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގެ އެންމެ ފަހު ދުވަސްވަރު، 2018 އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް