ދިރާގު ޓީވީ ޙިދުމަތާއެކު ރާއްޖޭގެ އެންމެ ފުރިހަމަ ހޯމް ބްރޯޑްބޭންޑް، ދިރާގުގެ ހައިސްޕީޑް ފައިބަރ އިންޓަރނެޓުގެ ހިދުމަތް ހއ. ހޯރަފުށި އަދި ހދ. ހަނިމާދޫގައި ރަސްމީކޮށް އިފްތިތާހްކޮށްފިއެވެ.
ދިރާގު ޓީވީއަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ހިދުމަތެވެ. ހޯރަފުއްޓައި ހަނިމާދުއަށް ފޯރުކޮށްދޭންފެށި ހައި ސްޕީޑު އިންޓަރނެޓާއެކު ދިރާގުޓީވީ ފަސޭހަކަމާއެކު ބަލާލެވޭނެއެވެ.
ދިރާގުން ދަނީ ފައިބަރ އިންޓަރނެޓުގެ ހިދުމަތް މުޅި ރާއްޖޭއަށް ފުޅާ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން 2016 ވަނަ އަހަރުން ފެށިގެން މިހާތަނަށް ރާއްޖޭގެ އާބާދީގެ ހަތްދިހަ ޕަސެންޓަށް ވަނީ ހައިސްޕީޑް ފައިބަރ އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދީފައިއެވެ. މާލޭގެ އިތުރުން ރާއްޖޭގެ އިތުރު 51 ރަށަކަށް މި ހިދުމަތް ދިރާގުން ފޯރުކޮށްދެއެވެ.
ދިރާގުން ވަނީ މިދިޔަ ނޮވެމްބަރު މަހު ފިކްސްޑް ބްރޯޑްބޭންޑް ޕްރޮމޯޝަނެއްވެސް ފަށާފައިއެވެ. މި ޕްރޮމޯޝަނުގައި ގެއަށް ތިން މަސް ވަންދެން، ކޮންމެ ފައިބަރ ބްރޯޑްބޭންޑް ކަނެކްޝަނަކަށް މަހުފީގެ ގޮތުގައި ދައްކާ އަދަދުން 25 ޕަސެންޓުގެ ޑިސްކައުންޓެއް ވެސް ދެއެވެ.
ފައިބަރ ބްރޯޑްބޭންޑަކީ ބްރޯޑްބޭންޑް ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީއެވެ. ދިރާގުން ދަނީ އެއް ޓީބީގެ އެލަވެންސާއެކު 100 އެމްބީޕީއެސްގެ ސްޕީޑުގައި އިންޓަރނެޓުގެ ހިދުމަތް ފޯރުކޮށްދެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް