މަސްވެރިކަން ކުރާ ދޯންޏެއްގައި ހުރި މީހަކު ހާލު ބޮޑުވެގެން އެމްއެންޑީއެފްގެ އެހީތެރިކަމާއެކު މާލެ ގެނެސްފި

މަސްވެރިކަން ކުރުމަށްފަހު މާލެ ދަތުރުކުރި "ޓޮޕާޒް" ދޯނީގައި ހުރި މީހަކު ހާލު ބޮޑުވެގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު މާލެ ގެނެސްދީފިއެވެ. އެމްއެންޑީއެފުން ހާމަކޮ...

12 Dec 2018 | 05:19

މަސްވެރިކަން ކުރުމަށްފަހު މާލެ ދަތުރުކުރި "ޓޮޕާޒް" ދޯނީގައި ހުރި މީހަކު ހާލު ބޮޑުވެގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު މާލެ ގެނެސްދީފިއެވެ.

އެމްއެންޑީއެފުން ހާމަކޮށްފައިވާ ގޮތުގައި މިއަދު ހެނދުނު 09:25 ހާއިރު މާލެ ގެނެސްދީފައި ވަނީ އުމުރުން 45 އަހަރުގެ ދިވެއްސެކެވެ. މި މީހާ އިތުރު ފަރުވާއަށް މާލެ ގެނެސްދީފައިވަނީ ބަނޑުގައި ރިއްސާ އުނދަގޫތަކެއް ވާތީ ދޯނީގެ ފަރާތުން އެމްއެންޑީއެފް ކޯސްޓްގާޑުގެ އެހީތެރިކަމަށް އެދުމުންނެވެ.

މި ހާދިސާގައި ހާލު ބޮޑުވި މީހާ، އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު މާލެ ގެނެސް އައިޖީއެމް ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް