ބޯހިޔާވެހިކަމުގެ މައްސަލަތަކަށް ޚާއްސަ ކޮމެޓީއެއް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސާލިޙު އުފައްދަވައިފިއެވެ.
"ހިޔާ މަޝްރޫޢު" ، "ގެދޮރުވެރިކުރުމުގެ މަޝްރޫޢު" އަދި "ގުޅިފަޅު ހައުސިންގ ޕްރޮޖެކްޓް" އާ ގުޅިގެން ރައްޔިތުން ހުށަހަޅާފައިވާ މައްސަލަތައް ދިރާސާކޮށް އެކަންކަން ބެލުމާއި އަދި ހައްގުވެރިންނަށް މި މަޝްރޫތަކުގެ ދަށުން ފްލެޓާއި ބޯހިޔާވެހިކަން ހޯދައި ދިނުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުން މި ކޮމެޓީގެ މަސްއޫލިއްޔަތު ތަކުގެ ތެރޭގައި ހިމެނެއެވެ.
ގަވައިދާ ޚިލާފަށް ފްލެޓް ދިންތޯބަަލައި އެފަދަ ކަންކަން ކޮށްފައިވާނަމަ އެކަންކަން ކުރީ ކޮންބައެއްތޯ ބެލުމަކީވެސް މި ކޮމެޓީގެ މަސްއޫލިއްޔަތެކެވެ. މި ކޮމިޓީ އުފެއްދުމަށް ރައީސަށް ލަފާ ދެއްވީ ވަޒީރުންގެ މަޖިލީހުންނެވެ. އަދި މި ކޮމެޓީގައި ފަސް މެމްބަރުން ހިމެނެއެވެ.
ކުރީގެ ރައީސް ޔާމީނުގެ ވެރިކަން ނިމުނުއިރު ހިޔާ މަޝްރޫގެ ދަށުން ފްލެޓް ލިބުނު އެއްބަޔަކަށް ލިޔުން ދޫކުރުމަށްފަހު އަނެއްބައި މީހުންނަށް ލިޔުން ދޫނުކުރުމުން އެކަމުގެ ހިތްހަމަނުޖެހުން ވަނީ ވަރަށް ބޮޑަށް ބޮޑުވެފައެވެ. އަދި ވެރިކަން ބަދަލުވީ ވެސް ހައުސިން މިނިސްޓްރީ ދޮށުގައި މީހުންތިއްބައެވެ. ބޯހިޔާ ވެހިކަމުގެ މައްސަލަ ހައްލުކުރުމަކީ ރައީސް ސާލިޙުގެ ސަރުކާރުގެ ވައުދެއްވެސްމެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް