މާރާމާރީ ހިންގަން އުޅުނު ކަމަށް ތުހުމަތުކޮށް ދެމީހަކު ހައްޔަރު ކޮށްފި

މާރާމާރީ ހިންގަން އުޅުނުކަމަށް ތުހުމަތުކުރެވޭ ދެ މީހަކު ހުއްޓުވައި، ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނެފައިވާގޮތުގައި މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ ދެ ފިރިހެނުންނެވެ. މިދެމީހުން...

12 Dec 2017 | 06:33

މާރާމާރީ ހިންގަން އުޅުނުކަމަށް ތުހުމަތުކުރެވޭ ދެ މީހަކު ހުއްޓުވައި، ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނެފައިވާގޮތުގައި މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ ދެ ފިރިހެނުންނެވެ. މިދެމީހުންވެސް ހައްޔަރުކޮށްފައިވަނީ ގުލޭނޫރަންމަގުން ވަންވޭއާ އިދިކޮޅަށް ސައިކަލެއްގައި ދުއްވާފައި ދަނިކޮށް އެވަގުތު މާލެތެރެ ޕެޓްރޯލް ކުރުމުގައި ހަރަކާތްތެރިވަމުންދިޔަ ފުލުހުންނަށް ފެނުމާ ގުޅިގެން ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހުގެރޭ 02:37 ހާއިރު ކަމުގައި ފުލުހުން ބުނެ އެވެ.

އެދެމީހުން ހުއްޓުވައި ބަލައިފާސްކުރިއިރު އެދެމީހުން ދުއްވި ސައިކަލް މަޑިދަށުން  މާރާމާރީ ހިންގުމަށް ބޭނުންކުރެވިދާނެ ބައެއް ތަކެތި ފެނިފައިވާކަމަށާއި އަދި މި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ މިނިސްޓްރީ އޮފް ހޯމް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 5 ދުވަހުގެ މުއްދަތެއް ދީފައިވާކަމުގައިވެސް ފުލުހުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް