ފިބާ ފޮއްޓެއްގައި ރައްކާކޮށްގެން ހިންނަވަރަށް މަސްތުވާތަކެތި އެތެރެކުރަން އުޅެފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ޅ. ހިންނަވަރު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ހިންނަވަރަށް އަ...

12 Dec 2017 | 06:21

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ޅ. ހިންނަވަރު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ހިންނަވަރަށް އައި ލޯންޗެއް ބަލައިފާސްކޮށް މަސްތުވާތަކެތި ހޯދައިފިއެވެ.

ފުލުހުން ބުނީ މިތަކެތި ފެނިފައިވަނީ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ވަގުތެއްގައި މާލެއިން ފުރައިގެން ހިންނަވަރަށް އައި ލޯންޗެއްގެ ތެރެއިން ފެނުނު ދަބަހެއްގެ ތެރެއިން ކަމަށެވެ. މިދަބަސް ބަލައިފާސްކުރިއިރު ދަބަސްތެރެއިން ފެނުނު ފިބާ ފޮއްޓެއްގެ ތެރެއިން   މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓް ފެނިފައިވާކަމުގައި ފުލުހުން ބުނެފައި ވެ އެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ނުވާކަމަށާއި އަދި މިމައްސަލަ ހިންނަވަރު ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް