600 އަށްވުރެގިނަ ނަރުހުން ހޯދަން ހެލްތު މިނިސްޓްރީން މިއަދު އިއުލާނު ކޮށްފި އެވެ. ހޯދަން އިއުލާނު ކޮށްފައިވަނީ ސަރުކާރު ހޮސްޕިޓަލްތަކާއި މަރުކަޒުތަކުގައި މަސައްކަތް ކުރުމަށެވެ.
600 އަށްވުރެ ގިނަ ނަރުހުން ހޯދަން ހެލްތު މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެ މިނިސްޓްރީގެ ދަށުން ހިންގާ ހޮސްޕިޓަލްތަކާއި މަރުކަޒުތަކެއްގައި މަސައްކަތް ކުރުމަށް 609 ދިވެހި ނަރުހުން ބޭނުންވާ ކަމަށެވެ.
ޝައުގުވެރިވާ ފަރާތްތަކުން އަންނަ ހަފްތާ ބުރާސްފަތި ދުވަހުގެ ކުރިން ވަޒީފާއަށް އެދޭ ފޯމު ހުށަހެޅުމަށް އެދޭ ކަމަށާއި އިންޓަވިއުތައް މި މަހުގެ 25 އިން ފެށިގެން އަންނަ އަހަރު ޖެނުއަރީ މަހު 15 އާ ހަމަޔަށް އޮންނާނެ ކަމުގައިވެސް އެ އިއުލާނުގައި ބުނެފައި ވެ އެވެ.
އެ އިއުލާނުގައި އިތުރަށް ބުނެފައިވަނީ ވަޒީފާގެ މުސާރައިގެ ގޮތުގައި 5610 ރުފިޔާ ލިބޭނެ ކަމަށާއި އޭގެ އިތުރުން އެލަވަންސްގެ ގޮތުގައި 2500 ރުފިޔާ ލިބޭނެ ކަމަށާއި ސަރުކާރުގެ އެހެން މުއައްޒިފުންނަށް ވެސް ލިބޭ އުސޫލުން އިތުރުގަޑީގެ ފައިސާ އާއި އެހެނިހެން އިނާޔަތްތައްވެސް ލިބޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް