ކަނޑިންމަ ރިސޯޓްގައި ފަރުވާދެމުންދިޔަ ހާލުބޮޑު ފަތުރުވެރިޔަކު އެމްއެންޑީއެފް ކުރަނގި ހެލިކޮޕްޓަރުގައި މާލެ ގެނެސްދީފިއެވެ.
ރޭ 10:15 ހާއިރު މާލެ ގެނެސްދީފައިވަނީ އުމުރުން 44 އަހަރުގެ އަންހެނެކެވެ. މި މީހާ މާލެ ގެނެސްދީފައިވަނީ ސިއްހީ އަވަސް ފަރުވާއަށް މާލެ ގެންދިއުމަށް ޑޮކްޓަރުން ލަފާދެއްވުމާ ގުޅިގެނެވެ.
އެމްއެންޑީއެފް ކުރަނގި ހެލިކޮޕްޓަރުގައި މި މީހާ މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލަށް ވަނީ ގެންދެވިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް