މެންޗެސްޓާ ޔުނައިޓެޑުން ކުޅެނީ ފޫހި ކުޅުމެއް: ވެން ހާލް

މެންޗެސްޓާ ޔުނައިޓެޑުން ކުޅެނީ ފޫހި ކުޅުމެއް ކަމަށާއި މެންޗެސްޓާ ސިޓީގެ ކުޅުން ބަލަން މާ ގަޔާވާކަމަށް ޔުނައިޓެޑުގެ ކުރީގެ ކޯޗު ވެން ހާލް ބުނެފިއެވެ. ޑާބީގައި ޔުނައިޓެޑް ބަލިވި މެޗާއި ގުޅޭގޮތުން ވާހަކަ...

12 Dec 2017 | 03:13

މެންޗެސްޓާ ޔުނައިޓެޑުން ކުޅެނީ ފޫހި ކުޅުމެއް ކަމަށާއި މެންޗެސްޓާ ސިޓީގެ ކުޅުން ބަލަން މާ ގަޔާވާކަމަށް ޔުނައިޓެޑުގެ ކުރީގެ ކޯޗު ވެން ހާލް ބުނެފިއެވެ.

ޑާބީގައި ޔުނައިޓެޑް ބަލިވި މެޗާއި ގުޅޭގޮތުން ވާހަކަދައްކަމުން ވެން ހާލް ބުނެފައިވަނީ ސިޓީގެ ޓީމުގެ ފެންވަރު މާ ރަނގަޅުކަމަށެވެ. އަދި އޭނަގެ ކޯޗުކަމުގެ ދަށުގައި ޔުނައިޓެޑުން މާ ރަނގަޅު ކުޅުމެއް ކުޅުނުކަމަށްވެސް ވެން ހާލް ވަނީ ބުނެފައެވެ. އެހެން ނަމަވެސް ޔުނައިޓެޑުގައި އޭނަ ގެނެސްދިން ކުޅުން އިނގިރޭސި ވިލާތުގައި ކަމުނުދިޔަކަމަށާއި މިވަގުތު މޮރީނިޔޯގެ ޔުނައިޓެޑުން މާ ބޮޑަށް ފޫހި ކުޅުމެއް ކުޅެމުން ގެންދާއިރުވެސް އެކަމަށް ފާޑުނުކިޔާކަމަށްވެސް ވެން ހާލް ވަނީ ބުނެފައެވެ.

ބާސެލޯނާގައި ވެން ހާލްއާއި އެކު މަސައްކަތްކުރި މޮރީނިއޯއާއި އެއްވެސް ހަސަދަވެރިކަމެއް ނެތްކަމަށް ވެން ހާލްވަނީ ބުނެފައެވެ. މޮރީނިޔޯއަކީ ހިތްހެޔޮ މީހެއްކަމުގައި ބުނަމުން ވެންހާލް ބުނެފައިވަނީ ވެން ހާލްގެ ހަސަދަވެރިކަން އޮތީ ޔުނައިޓެޑުގެ ވައިސް ޗެއާމަން އެޑް ވޫޑްވާޑާއިކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް