މެލޭޝިޔާގެ ސަމާހަރަން ޑިސްޓްރިކްޓްގެ ކަމްޕުންގް ބެލިއޮންގްގެ ޖަންގައްޔަށް ގެއްލުނު އުމުރުން ދުވަސްވީ މީހަކު، އޭނާ ގެއްލުނުތާ އަށް ދުވަސް ފަހުން ފެނިއްޖެ އެވެ.
އުމުރުން 60 އަހަރުގެ މި މީހާ ފެނިފައިވަނީ އޭނާ ގެއްލުނު ކަމުގެ ރިޕޯޓް ކުރުމުން، އޭނާ ހޯދުމުގެ މަސައްކަތް މެލޭޝިޔާގެ ފަޔަރ އެންޑް ރެސްކިއު ޑިޕާޓްމެންޓުން ކުރަމުން ދަނިކޮށެވެ.
އެ ޑިޕާޓްމެންޓްގެ ކޮމާންޑަރު، މުހައްމަދު ސްޔާނުލް މުސްތަޕާ ބުނެފައިވަނީ އުމުރުން ދުވަސްވީ އެމީހާ ގެއްލިގެން ރިޕޯޓް ކޮށްފައިވަނީ މި މަހުގެ ހަތަރު ވަނަ ދުވަހު ކަމަށާއި އޭނާ ފެނުނީ ގެއްލުނު ކަމަށް ރިޕޯޓް ކުރި ސަރަހައްދާއި 1.8 ކިލޯމީޓަރު ދުރުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް