އިއްޔެ އެކަނިވެސް ޔަހޫދީ ސިފައިން ފަލަސްތީނުގެ 149 މީހެއްގެ ގަޔަށް ބަޑި ޖަހާފައިވޭ

އިއްޔެ އެކަނިވެސް އިޒްރޭލުގެ ޔަހޫދީ ސިފައިން ފަލަސްތީނުގެ 149 މީހެއްގެ ގަޔަށް ބަޑި ޖަހާފައިވާކަމަށް ފަލަސްތީނުގެ ސިއްހަތާއިބެހޭ ވުޒާރާއިން ހާމަކޮށްފި އެވެ. އެގޮތުން 77 މީހެއްގެ ގަޔަށް ބަޑިޖަހާފައިވަނީ...

12 Dec 2017 | 01:04

އިއްޔެ އެކަނިވެސް އިޒްރޭލުގެ ޔަހޫދީ ސިފައިން ފަލަސްތީނުގެ 149 މީހެއްގެ ގަޔަށް ބަޑި ޖަހާފައިވާކަމަށް ފަލަސްތީނުގެ ސިއްހަތާއިބެހޭ ވުޒާރާއިން ހާމަކޮށްފި އެވެ.

އެގޮތުން 77 މީހެއްގެ ގަޔަށް ބަޑިޖަހާފައިވަނީ ހުޅަނގު ބިތުން ކަމަށާއި 69 މީހެއްގެ ގަޔަށް ބަޑިޖަހާފައިވަނީ ގާޒާ ސްޓްރިޕް ސަރަހައްދުން ކަމަށް ބުނެފައި ވެ އެވެ. އަދި އޭގެ ތެރެއިން 55 މީހަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދޭން ޖެހުނުކަމުގައިވެސް އެ ވުޒާރާއިން ހާމަކޮށްފައި ވެ އެވެ.

ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމުގައި އެމެރިކާއިން ބަލައިގަތުމާއިއެކު ގުދުސްގެ ދިފާއުގައި ފަލަސްތީނުގެ ރައްޔިތުން ވަނީ މަގުތަކަށް ނިކުމެފައި ވާއިރު ޔަހޫދީ ސިފައިންގެ ހަމަލާތަކުގައި ފަލަސްތީނުގެ އާންމު ދެ ރައްޔިތަކާއި ހަމާސް ޖަމާއަތުގެ ދެ ހަނގުރާމަވެރިއަކު ވަނީ ޝަހީދުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް