މޫސުން ބަދަލުކުރުމުގެ ގާބިލުކަން އަހަރެމެންގެ ލީޑަރަށް ލިބިގެންވޭ: އުތުރު ކޮރެއާ

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން އަށް މޫސުމާއި ކުޅެ އޭނަ ބޭނުންވާ ގޮތަކަށް މޫސުން ބަދަލު ކުރެވޭކަމަށް އެގައުމުގެ ގައުމީ ނޫސް އެޖެންސީއިން ބުނެފިއެވެ. ކިމް ފަރުބަދައެއްގެ މަތީގައި ހިނިތުންވެފައި ހ...

12 Dec 2017 | 00:54

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން އަށް މޫސުމާއި ކުޅެ އޭނަ ބޭނުންވާ ގޮތަކަށް މޫސުން ބަދަލު ކުރެވޭކަމަށް އެގައުމުގެ ގައުމީ ނޫސް އެޖެންސީއިން ބުނެފިއެވެ.

ކިމް ފަރުބަދައެއްގެ މަތީގައި ހިނިތުންވެފައި ހުރި ފޮޓޯއެއް އާމު ކުރުމަށްފަހު އެ އެޖެންސީއިން ބުނެފައިވަނީ އެފަދަ ދެވަނައެއް ނުވާ،  އެގައުމުގެ ވެރިޔާއަށް ގުދުރަތީ ކަން ކަން ބަދަލުކުރެވޭކަމަށެވެ. އެ އެޖެންސީއިން ބުނެފައިވަނީ އެކަމުގެ ހެއްކަކީ ޗައިނާއާއި އުތުރު ކޮރެއާ ގުޅޭ ބޯޑަރުގައި ހުރި 9000 ފޫޓުގެ މިފަރުބަދައަށް ކިމް އަރަން މަސައްކަތް ފެށުމުން އެފަރުބަދައިގައިވާ ބަނަފިނި ސާފުވެ މޫސުން ރީތިވެފައިވާކަން ކަމުގައި އެވެ.

އުތުރު ކޮރެއާގެ ގައުމީ ނޫހުން އެގައުމުގެ ވެރިޔާއަށް ސަނާ ކިޔުމަކީ އާންމުކަމެކެވެ. ކުޑަކަމު ދިއުމާއި ބޮޑުކަމު ދިއުމަކީ ކިމްް ކުރަން ނުޖެހޭ ކަންކަން ކަމުގައިވެސް އުތުރު ކޮރެއާގެ ގައުމީ މީޑިއާއިން ބުނެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް