ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމުގައި އެމެރިކާއިން ބަލައިގަތް މައްސަލައިގާ ތުރުކީގެ ރައީސް ރިޖިޕް ތައްޔިޕް އެރްދޮޢާން، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕަށާއި އިޒްރޭލަށް ވަރުގަދަ އިންޒާރުތަކެއް ދެއްވައިފި އެވެ.
އެ އިންޒާރުތައް އެރްދޮޢާން ދެއްވީ އިއްޔެގެ ވަގުތެއްގައި އެވެ.
އެރްދޮޢާން ވިދާޅުވީ އެމެރިކާގެ ނިންމުމާއެކު އެގައުމަކީ ގަތުލްއާންމުތަކުގެ ބައިވެރިއެއްކަން ސާބިތު ކޮށްދީފައިވާމަށެވެ.
"ދެން އަންނަން ހުރި ކަންކަމުން އެމީހުންނަށް ސަލާމަތް ނުވެވޭނެ" އެރްދޮޣާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގުދުސްއަށް ގަދަބާރާއި އަނިޔާވެރިކަމުން މިވަގުތު ވެރިވެގަނެވުނު ނަމަވެސް އެކަން ދެމި ނުއޮންނާނެ ކަމަށެވެ. އަދި އެދުވަހަކުން އެމީހުން ފިލަން ވަންނާނެ ތަނެއް ނުއޮންނާނެ ކަމުގައިވެސް އެރްދޮޢާން ވިދާޅުވި އެވެ.
އިއްޔެގެ ވާހަކަފުޅުގައި އެރްދޮޢާން ވަނީ ގުދުސް މައްސަލައިގާ މުސްލިމް ގައުމުތަކުގެ މަހާސިންތާއަކަށްވެސް ގޮވާލައްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް