ސެމްސަންގް އެސް9: އެންމެ ވަރުގަދަ ހަތިޔާރަކަށް ބެޓެރީ !

ސްމާޓް ފޯނެއް ނަމަ ގިނަ އިރު ބެޓެރީ ހިފެހެއްޓުމއި އަވަހަށް ބެޓެރީ ޗާޖް ވުމަކީ އެންމެ މުހިންމު އެއް އަސާސް ކަމުގައި ސްމާޓް ފޯނު ބޭޏުންކުރާ ފަރާތްތަކުން ދެކެ އެވެ. އެހެންކަމުން ސެމްސަންގް ފޯނުތަކަށް ލޯބ...

12 Dec 2017 | 00:08

ސްމާޓް ފޯނެއް ނަމަ ގިނަ އިރު ބެޓެރީ ހިފެހެއްޓުމއި އަވަހަށް ބެޓެރީ ޗާޖް ވުމަކީ އެންމެ މުހިންމު އެއް އަސާސް ކަމުގައި ސްމާޓް ފޯނު ބޭޏުންކުރާ ފަރާތްތަކުން ދެކެ އެވެ.

އެހެންކަމުން ސެމްސަންގް ފޯނުތަކަށް ލޯބިކުރާ ފަރާތްތަކަށް މިއޮތީ އުފާވެރި ހަބަރެކެވެ. އެއީ ސެމްސަންގް ގެލެކްސީ ސީރީޒްގެ ނުވަ ވަނަ އަދަދު، ގެލެކްސީ އެސް 9 އަދި ގެލެކްސީ އެސް9 ޕްލަސްގައި ހިމަނާ ބެޓެރީ އަކީ މިހާތަނަށް ސްމާޓް ފޯނެއްގައި ހަރުކުރެވޭ، އެންމެ އަވަހަށް ޗާޖު ކޮށްލާ ބެޓެރީއަށް ވާނެ ކަމަށް މިވަނީ ބެލެވިފަ އެވެ

ސަބަބެއް ނެތިއެއް ނޫނެވެ. މިފަދަ ބެޓެރީއެއް އުފައްދާފައިވާކަން ސެމްސަންގް އިން ވަނީ މި މަހު ކުރީކޮޅު އިއުލާނު ކޮށްފަ އެވެ. ސެމްސަންގް ކުންފުނިން ބުނެފައިވާގޮތުގައި އަލަށް އުފައްދާފައިވާ މި ބެޓެރީ ހަމަ އެންމެ 12 މިނެޓުގެ ތެރޭގައި ފުލްކޮށް ޗާޖު ކޮށްލާނެ އެވެ.

މިކަން އެކަންޏެއް ނޫނެވެ. ސްމާޓް ފޯނުގެ ޕްރޮސެސަރ އުފައްދާ ކުންފުނި ކުއަލްކޮމް އިންވެސް މިދިޔަ ހަފްތާގައި ވަނީ މުހިންމު ކަމެއް އިއުލާނު ކޮށްފަ އެވެ. އެއީ އެ ކުންފުނީގެ އައު ޕްރޮސެސަރ ސްނެޕްޑްރެގަން 845 އިއުލާނު ކުރުމެވެ. މި ޕްރޮސެސަރ ގެ އެންމެ ބޮޑު އަޕްގްރޭޑަކީ ޗާޖިން ސްޕީޑް އަވަސްވެގެން ދިއުމާއި ބެޓެރީ ބޭނުންކުރާ މިންވަރު ދަށްވެގެން ދިއުންކަމުގައި ވަނީ ބުނެފަ އެވެ.

ބެލެވޭ ގޮތުގައި އަންނަ އަހަރު ނެރޭ ސެމްސަންގް އެސް 9 ސީސީޒްގެ ފޯނުތަކުގައި ބޭނުންކުރާނީ މި ޕްރޮސެސަރ އެވެ. އެހެންކަމުގައިވާނަމަ ފޯނު ޗާޖު ކޮށްލާ ސްޕީޑް 12 މިނެޓަށްވުރެ އަވަސް ވުންވެސް އެކަށީގެން ވެ އެވެ. އަދި ފޯނުގެ ބެޓެރީ ދަށްވާ ސްޕީޑް ލަސްވާނެ ކަމުގައިވެސް ބެލެވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް