ސޯޝަލް މީޑިއާ ޕްލެޓްފޯމް، ފޭސްބުކުން ދާދި އަވަހަށް އައު ފީޗަރ އެއް އާންމު ކުރާނެ ކަން މިވަނީ ފެންމަތި ވެފަ އެވެ. މި ފީޗަރ އަށް ދީފައިވާ ނަމަކީ "ގްރީޓިންގްސް" އެވެ.
މިގޮތުން ޓެސްޓް ފޭސްގައި ބައެއް ފަރާތްތަކަށް މި ފީޗަރ ދޫކޮށްލާފައިވާއިރު ފޭސްބުކް އެޕްލިކޭޝަން މެދުވެރިކޮށް އަނެކާގެ ޕްރޮފައިލް އަށް ދިއުމުން އަތްތިލައެއްގެ އައިކަން އާއެކު "ހެލޯ" ބަޓަން އެއް ފެނިގެން ދެ އެވެ. އަދި މި ބަޓަން އަށް ކްލިކް ކޮށްލުމުން އިތުރު ފުރުސަތު ތަކެއް ފެނިގެން ދެ އެވެ.
އެގޮތުން "ހައި" ޖަހައިލުން، ބައްދާލުން، އެއްލޯ މަރައިލުން، އަތްތިލަބަޑި ޖަހައިލުން، އަދި ކޮށްޓާލުން ހިމެނެ އެވެ.
މި ފީޗަރ އަދި އާންމުކޮށް ދޫކޮށްލާފައެއް ނުވެ އެވެ. ނަމަވެސް ބެލެވޭ ގޮތުގައި މި ފީޗަރ އަކީ ފޭސްބުކްގެ އެންމެ ޒަމާންވީ އެއް ފީޗަރ ކަމުގައިވާ "ޕޯކް" ފީޗަރ އަށް ގެނެވޭ އިންގިލާބީ ބަދަލެކެވެ.
https://www.youtube.com/watch?v=IOJDtob6Jy4
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް