ދިރުވާލައިގެން މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު 62 އަހަރުގެ ދިވެއްސަކު އަތުލައިގެންފި

12 Nov 2026 | 22:37
ކުރީގައި ކަސްޓަމްސްއިން އަތުލައިގަތް މަސްތުވާތަކެތިތަކެއް -- ފޮޓޯ: ކަސްޓަމްސް

ކުރީގައި ކަސްޓަމްސްއިން އަތުލައިގަތް މަސްތުވާތަކެތިތަކެއް -- ފޮޓޯ: ކަސްޓަމްސް

ދިރުވާލައިގެން ރާއްޖެއަށް އެތެރެ ކުރަން އުޅުނު 284.9 ގްރާމުގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

ކަސްޓަމްސްއިން ބުުނީ އެތަކެތި އަތުލައިގަތީ މިދިޔަ މަހުގެ 24 ވަނަ ދުވަހު ކަމަށެވެ.

Advertisement

އެ މައްސަލައިގަ ކަސްޓަމްސް އިން ހިފެހެއްޓީ ތައިލެންޑުން ރާއްޖެ އައި އުމުރުން 62 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ކަސްޓަމްސް އޮފިސަރުން އެމީހާ އިތުރަށް ފާސް ކުރި އިރު އޭނާގެ ހަށިގަނޑުން މަސްތުވާތަކެތި ބަންދުކޮށްފައި ހުރި 19 ބުލެޓު ފެނިފައިވެ އެވެ.

އޭގެ ތެރޭގައި ހިމެނެނީ 167.3 ގްރާމްގެ ސިންތެޓިކް ކެތިނޯންއާއި 117.6 ގްރާމް ކޮކެއިން އެވެ،.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް