މާލެއިން 32 އަހަރުގެ ފިރިހެނަކު ގެއްލިގެން ހޯދަނީ

12 Nov 2026 | 18:20
ފޮޓޯ: ޕޮލިސް

ފޮޓޯ: ޕޮލިސް

މާލެއިން ފިރިހެނަކު ގެއްލިގެން ހޯދަން ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދިއްޖެ އެވެ.

ގެއްލިގެން ހޯދަމުން ދަނީ ޢާލިޔާ / ހއ.ދިއްދޫ، އާދަމް އިކްރާމް (32އ) އެވެ.

Advertisement

ފުލުހުން ބުނީ އޭނާ ގެއްލިގެން އާއިލާއިން ފުލުހުންނަށް ރިޕޯޓު ކުރީ ރޭ ދަންވަރު ކަމަށެވެ. އާއިލާއަށް އާދަމް އިކްރާމްގެ ހަބަރެއް އެންމެ ފަހުންވީ އިއްޔެރޭ ދަންވަރު ކަމަށް އާއިލާ އާއި ހަވާލާދީ ފުލުހުން ބުނެފައިވެ އެވެ.

އޭނާ ހޯދުމަށް ފުލުހުން މިހާތަނަށް ކުރި މަސައްކަތުން އަދި ފެނިފައިނުވާ ކަމަށް ބުނެފައިވެ އެވެ.

އެހެންވެ އޭނާއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ، ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9790085 އަށް ގުޅައި އެ މައުލޫމާތު ހިއްސާ ކުރުމަށް އާންމުންގެ ކިބައިން އެދިފައިވެ އެވެ.

މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ދޭ އެއްބާރުލުމާއި އެހީތެރިކަމަށް ފުލުހުން ޝުކުރު އަދާކޮށްފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް