ފަރަށް އެރި ދޯންޏަކަށް ކޯސްޓްގާޑުން އެހީތެރިވާން ފަށައިފި

ކ. ކަނޑުއޮތްގިރި ކައިރިން ފަރަށް އެރި ދޯންޏަކަށް ސިފައިންގެ ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ. މީޑިއާތަކަށް މައުލޫމާތުދެއްވަމުން ސިފައިންގެ އިންފޮމޭޝަން އޮފިސަރު މޭޖަރ އިބްރާހިމް އާޒ...

12 Nov 2019 | 16:58

ކ. ކަނޑުއޮތްގިރި ކައިރިން ފަރަށް އެރި ދޯންޏަކަށް ސިފައިންގެ ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

މީޑިއާތަކަށް މައުލޫމާތުދެއްވަމުން ސިފައިންގެ އިންފޮމޭޝަން އޮފިސަރު މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ ތިން މީހުންނާއެކު ކ. ހިންމަފުށިން ފުރައިގެން ހުޅުލެއަށް ދަތުރުކުރި "ނިޔާމަ" ނަމަކަށްކިޔާ 40 ފޫޓުގެ ދޯންޏެއް ކ. ކަނޑުއޮތްގިރި ކައިރި ފަރަކަށް އަރައިގެން އެމްއެންޑީއެފްގެ މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިރޭ 7:14 ހާއިރު ކަމަށް ކޯސްޓްގާޑުން ބުނެއެވެ. އަދި މި ދޯނީގައި ތިބީ ދިވެއްސަކާއި ދެ ބިދޭސީއަކު ކަމަށާއި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާކަމަށް ކޯސްޓްގާޑުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް