ރައީސް ސޯލިހާއި ރައީސް ނަޝީދާއި މާރިޔާގެ ދަތުރުތަކެއްގެ މައްސަލަ އޭސީސީއަށް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި، މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ކުރެއްވި ދަތުރުތަކެއްގައި ކޮރަޕްޝަން ހިމެނޭކަމަށްބުނެ އިދިކޮ...

12 Nov 2019 | 14:56

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި، މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ކުރެއްވި ދަތުރުތަކެއްގައި ކޮރަޕްޝަން ހިމެނޭކަމަށްބުނެ އިދިކޮޅު ކޯލީޝަނުން އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅައިފިއެވެ.

މިކަމާގުޅޭގޮތުން މައުލޫމާތުދެމުން، އެ ކޯލީޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގާނޫނީ ވަކީލު މުހައްމަދު ޝަހީދު ވިދާޅުވީ ރައީސް ސޯލިހްގެ އަމިއްލަ ދަތުރުތަކުގައި ރިޔާސީ ލޯންޗުކޮޅު ބޭނުން ކުރެއްވުމަކީ ކޮރަޕްޝަންގެ އަމަލެއް ކަމަށެވެ.

އިދިކޮޅު ކޯލީޝަނުން ރައީސް ނަޝީދާއި ގުޅޭގޮތުން އޭސީސީއަށް ހުށަހެޅީ ހުވަދު އަތޮޅާއި އައްޑޫ އަދި ފުވައްމުލަކަށް ދާދިފަހުން ރައީސް ނަޝީދު ވަޑައިގެންނެވި އިރު ދައުލަތުގެ ވަސީލަތްތައް ބޭނުން ކުރެއްވިކަމަށް ބުނާ މައްސަލައެކެވެ. އެގޮތުން މަޖިލީހުގެ މީޑިއާ ބޭނުން ކުރައްވައިގެން ރައީސް ނަޝީދު ކެމްޕޭނު ކުރައްވާފައިވާކަމަށް އިދިކޮޅު ކޯލީޝަނުން ހުށަހެޅި މައްސަލައިގާ ބުނެފައިވެއެވެ.

މިނިސްޓަރު މާރިޔާއާއި ގުޅޭގޮތުން އިދިކޮޅު ކޯލީޝަނުން އޭސީސީއަށް ހުށަހަޅާފައިވަނީ އެކަމާ ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅެއްގައި އެގައުމުގެ އިންޓީރިއަރ މިނިސްޓަރާއެކު ބޭއްވެވި ބައްދަލުވުމެއްގައި ދަރިކަލުން ބައިވެރި ކުރައްވާފައިވާތީ އެ މައްސަލައެވެ. އިދިކޮޅު ކޯލީޝަނުން ބުނެފައިވަނީ ވަޒީރެއްގެ ގޮތުގައި ހުންނަވައިގެން ރަސްމީ ވާހަކަތެއް ދައްކަވާއިރު އާއިލީ ނުވަތަ އެ ނޫންވެސް ބޭފުޅަކު ހުންނެވުމަކީ ގައުމީ ސަލާމަތަށް ނުރައްކާ އޮތް މައްސަލައެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް