އެމްއާރުއެމް އުފައްދަން ބޭއްވި ޖަލްސާގެ ކަންކަން ހިނގާފައިވަނީ ގާނޫނުތަކާ އެއްގޮތަށް: އިލެކްޝަންސް ކޮމިޝަން

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އުފައްދަން ބޭއްވި ޖަލްސާގައި ކަންކަން ހިނގާފައިވަނީ ގާނޫނުތަކާ އެއްގޮތަށް ކަމުގައި އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. އިލެކްޝަންސް އިން މިހެން ބުނެފައިވަނީ...

12 Nov 2019 | 13:29

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އުފައްދަން ބޭއްވި ޖަލްސާގައި ކަންކަން ހިނގާފައިވަނީ ގާނޫނުތަކާ އެއްގޮތަށް ކަމުގައި އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް އިން މިހެން ބުނެފައިވަނީ އެ ޖަލްސާ ބޭއްވީ ގާނޫނީ އަދަދު ހަމަ ނުކޮށް ކަމަށް ދެކެވެމުން އަންނަ ވާހަކަތަކާއި ގުޅިގެންނެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަދި އެ ކޮމިޝަންގެ އިސް ތަރުޖަމާން އަހްމަދު އަކްރަމް ވިދާޅުވީ އެމްއާރުއެމް އުފައްދަން ބޭއްވި ޖަލްސާ އިލެކްޝަންސް ކޮމިޝަނުން އޮބްޒާވް ކުރި ކަމަށާއި ޖަލްސާ ފަށާފައިވަނީ ޕާޓީ އުފައްދަން ބާއްވާ ޖަލްސާގައި ހަމަވާންޖެހޭ ގާނޫނީ އަދަދު ކަމުގައިވާ 300 މެމްބަރުން ހާޒިރުވުމުން، އީސީގެ އޮބްޒާވަރުންގެ ހުއްދަ ދިނުމުން ކަމަށެވެ.

އެ ޖަލްސާގެ ކަންކަން ހިނގާފައިވަނީ ގާނޫނުތަކާ އެއްގޮތަށް ކަމުގައިވެސް އަކްރަމް ވިދާޅުވިއެވެ.

މި މަހުގެ އަށްވަނަ ދުވަހުގެ ރޭ ބޭއްވި ޖަލްސާ ދަރުބާރުގޭގައި ބާއްވާފައިވާއިރު އެ ޖަލްސާ ފަށާފައިވަނީ އެ އަދަދަށް މީހުން ހަމަވުމުން ކަމަށް އެމްއާރުއެމް އިންވެސް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް