ސުޕްރީމް ކޯޓުގެ ޑިރެކްޓަރު އާތިކާ ސަސްޕެންޑު ކޮށްފި

ސުޕްރީމް ކޯޓުގެ ޕްރޮޓޮކޯލް ޑިވިޒަންގެ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އާތިކާ އިބްރާހިމް ސަސްޕެންޑް ކޮށްފިއެވެ. ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން އޭނާ ސަސްޕެންޑް ކޮށްފައިވަނީ...

12 Nov 2019 | 12:18

ސުޕްރީމް ކޯޓުގެ ޕްރޮޓޮކޯލް ޑިވިޒަންގެ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އާތިކާ އިބްރާހިމް ސަސްޕެންޑް ކޮށްފިއެވެ. ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން އޭނާ ސަސްޕެންޑް ކޮށްފައިވަނީ އޭނާ އާއި ގުޅުންހުރި މައްސަލަތަކެއް ތަހުގީގު ކުރަމުންދާތީއެވެ.

އޭނާ ސަސްޕެންޑް ކޮށްފައިވަނީ ވަކި ގޮތެއް އަންގަންދެނެވެ. ސަސްޕެންޑް ކޮށްފައިވާއިރު އާތިކާ އަންނަނީ ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލްގެ ބައެއް ޒިންމާތައްވެސް އަދާކުރައްވަމުންނެވެ. އެ ޒިންމާތައް އޭނާއާ ހަވާލުކޮށްފައިވަނީ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި ޑރ. ހުސެއިން ފާއިޒު މަސްއޫލިއްޔަތު ތަކުން ދުރުކޮށް އޭނާގެ މައްސަލަތަކެއް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަޅައި ބަލަން ނިންމުމުންނެވެ.

އާތިކާ ސަސްޕެންޑް ކޮށްފައިވަނީ މާދަމައިން ފެށިގެންނެވެ. ސަސްޕެންޑް ކޮށްފައިވާއިރު އާތިކާ އަކީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީގެ ޕާސަނަލް ސެކްރެޓަރީއެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވާ ފަރާތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް