ފެހެންދޫ ބަނދަރުގެ މަސައްކަތް ފަށަނީ

ބ. ފެހެންދޫގެ ބަނދަރު ހެދުމުގެ މަސައްކަތް ފަށަން އެމްޓީސީސީން ތައްޔާރުވެއްޖެ އެވެ. އެމްޓީސީސީން ބުނީ ފެހެންދޫ ބަނދަރު ހެދުމުގެ މަސައްކަތް މިމަހުގެ 10 ވަނަ ދުވަހު މޮބިލައިޒްކޮށްފައިވާ ކަމަށެވެ. ފެހެންދ...

12 Nov 2019 | 09:27

ބ. ފެހެންދޫގެ ބަނދަރު ހެދުމުގެ މަސައްކަތް ފަށަން އެމްޓީސީސީން ތައްޔާރުވެއްޖެ އެވެ.

އެމްޓީސީސީން ބުނީ ފެހެންދޫ ބަނދަރު ހެދުމުގެ މަސައްކަތް މިމަހުގެ 10 ވަނަ ދުވަހު މޮބިލައިޒްކޮށްފައިވާ ކަމަށެވެ.

ފެހެންދޫ ބަނދަރު ހެދުމަށް ބޭނުންވާ ސާމާނު މިހާރު އެރަށަށް ގެންގޮސްފައިވާއިރު، މި މަޝްރޫއުގެ ދަށުން 43،500 ކިއުބިކް މީޓަރަށް ބަނދަރު ފުންކުރާނެ ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ. މީގެއިތުރުން 130 މީޓަރުގެ ބޮޑު ތޮށި ލުމާއި، 282 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ އިތުރުން، 214 މީޓަރުގެ އެތެރެ ތޮށިވެސް ލާނެއެވެ. އަދި މޫރިން ބްލޮކްސްލުމާއި ޕޭވްމަންޓް ހެދުމުގެ މަސައްކަތްވެސް މިމަޝްރޫއުގެ ދަށުން ކުރާނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

މިމަޝްރޫއުގެ ދަށުން ރޭމްޕެއްލުމާއި، ބަނދަރު ބައްތި އާއި ނެރުބައްތި ހަރުކުރުމުގެ މަސައްކަތް ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއަކީ ޕްލޭނިން މިނިސްޓްރީން 49.6 މިލިއަން ރުފިޔާއަށް އެމްޓީސީސީ އާއި ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް