ބޮލީވުޑްގެ ކުރީގެ ލަވަކިޔުންތެރިޔާ ލަތާ މަންގޭޝަކަރްގެ ހާލު ސީރިއަސްވެ، އައިސީޔޫގައި ފަރުވާދެމުން އަންނަ ކަމަށް ޚަބަރުތައް ބުނެފިއެވެ.
ލަތާގެ ހާލު ސީރިއަސްވުމުގެ ސަބަބުން ހޮސްޕިޓަލަށް ގެންދިއުމަށްފަހު އައިސީޔޫގައި ފަރުވާ ދޭން ފަށާފައިވަނީ އިއްޔެ މެންދުރު ފަހުއެވެ. ލަތާ ހޮސްޕިޓަލަށް ގެންދެވުނީ ނޭވާލާން ދަތިވެގެން އުޅެންފެށުމުންނެވެ.
އިންޑިއާގެ ނޫހަކާއި ހަވާޅާދީ ލަތާގެ އާއިލީ މެމްބަރަކު ބުނީ، އިއްޔެ ލާހު ސީރިއަސް ނަމަވެސް މިހާރު މަޑުމަޑުން ރަގަޅުވަމުން އަންނަ ކަމަށެވެ. ނަމަވެސް އަދިވެސް ލަތާ ބާއްވާފައި އޮތީ އައިސީޔޫގައި އޮބްޒަރވޭޝަންގައި ކަމަށް އޭނާ ވަނީ ބުނެފައެވެ.
ލަތާ އަކީ ކުރިންވެސް އަދި މިހާރުވެސް އިންޑިއާގެ ފިލްމީ ދާއިރާއިން އެތައް ބައެއްގެ ލޯބި ލިބިފައިވާ ތަރިއެކެވެ. އޭނާ ވަނީ ބޮލީވުޑްގައި ގިނަ އަދަދެއްގެ ލަވަތަކެއް ކިޔައި، ގިނަ އެވޯޑުތަކެއް ހާސިލުކޮށްފައެވެ. ލަތާ މިހާރު އެކަނި އުޅެވޭވަރަށްވުރެ މުސްކުޅިވެފައިވާއިރު، އޭނާގެ އުމުރު 90 އިން މައްޗެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް