ކާށިދޫ ދާއިރާގެ ފަރާތުން އެދާއިރާއަށް ނިސްބަތްވާ މެމްބަރު އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހަށް ބަގީޗާ ގަސްތަކެއް ހަދިޔާ ކުރައްވައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފާއްޓަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ކާށިދޫ ދާއިރާގެ ފަރާތުން މަޖިލީހަށް ބަގީޗާ ގަސްތަކެއް ހަދިޔާ ކުރައްވާފައިވާ ކަމަށާއި، އެކަމަށް މެމްބަރު ޖާބިރަށް ޝުކުރު ދަންނަވާ ކަމުގައެވެ.
ކާށިދޫ ދާއިރާގެ ފަރާތުން މިއަދު ބަގީޗާ ގަސްތައް ހަދިޔާކޮށްފައިވާއިރު މިގަސްތަކާއި ހަވާލުވެލެއްވީ ރައީސް މުހައްމަދު ނަޝީދެވެ.
ކާށިދޫ އަކީ ގަސް ހެއްދުމާއި ދަނޑުވެރިމުގައި ވަރަށް ކުރީގައި އޮތް ރަށެއް ކަމަށް ފާހަގަކުރައްވައި ރައީސް ނަޝީދު ވަނީ ކާށިދޫ ރައްޔިތުންނަށްވެސް ޝުކުރު ދަންނަވާފައެވެ.
https://twitter.com/mvpeoplesmajlis/status/1194107191441186816
"ވަރަށް އެކަށީގެންވާ އަދަދަކަށް ބަގީޗާގަސް ކާށިދޫ އިން އެބަވޭ މި މަޖިލީހަށް ހަދިޔާ ކޮށްފަ. ކާށިދޫގެ ކުދިބޮޑު ރައްޔިތުންނަށް ޝުކުރު އަދާކުރަން" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގޯތިތެރެއަކީ އެކިކަހަލަ ބަގީޗާ ގަސްތަކުން ފެހިކޮށްފައިވާ ތަނެއްކަން ފާހަގަކޮށްލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް