ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް، މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި ގުޅިވަޑައިގެންފިއެވެ.
މަހްލޫފް އެމްޑީޕީ އާއި ގުޅިވަޑައިގެންފައިވަނީ މިރޭ އެވެ.
އެކަން ހާމަކޮށް މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިހާރު އޮފިޝަލީ "ކުލަ ޔެލޯ" ކަމަށާއި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސާލިހް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ގާތުން މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި އެމްޑީޕީ އާއިލާއާއި ގުޅުމަކީ އުފަލެއް ކަމުގައި ވިދާޅުވެފައިވެއެވެ.
24 ފެބްރުއަރީ 2015ގައި ޕީޕީއެމް އިން ވަކި ކުރި ހިސާބުން މިއަދާއި ހަމައަށް މަހްލޫފް މަސައްކަތް ކުރައްވަމުން ގޮސްފައިވަނީ މިނިވަން މެމްބަރެއްގެ ގޮތުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް