ދިރާގު ފައިބަރ ބްރޯޑްބޭންޑް ގުޅާލަން ރަނުގެ ފުރުސަތެއް – ތިން މަހުގެ ޑިސްކައުންޓަކާއެކު ކަނެކްޝަން ހިލޭ

ރާއްޖޭގައި ގެ ތަކަށް ދޫކުރާ ހޯމް އިންޓަނެޓްގެ އެންމެ ހަލުވި ސްޕީޑް ހިމެނޭ ފައިބަރ ބްރޯޑްބޭންޑްގެ ހާއްސަ ޕްރޮމޯޝަނެއް ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މުވާސަލާތާއި ޑިޖިޓަލް ހިދުމަތް ފޯރުކޮށްދޭ ކުނ...

12 Nov 2018 | 17:27

ރާއްޖޭގައި ގެ ތަކަށް ދޫކުރާ ހޯމް އިންޓަނެޓްގެ އެންމެ ހަލުވި ސްޕީޑް ހިމެނޭ ފައިބަރ ބްރޯޑްބޭންޑްގެ ހާއްސަ ޕްރޮމޯޝަނެއް ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މުވާސަލާތާއި ޑިޖިޓަލް ހިދުމަތް ފޯރުކޮށްދޭ ކުންފުނި ކަމަށްވާ ދިރާގުން ފަށައިފިއެވެ.

މި ޕްރޮމޯޝަނުގައި ގެ އަށް ފައިބަރ ކަނެކްޝަން މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން 3 މަސްދުވަސް ވަންދެން ނަންގަވާ ކޮންމެ ފައިބަރ ބްރޯޑްބޭންޑް ކަނެކްޝަނަކަށް މަހުފީގެ ގޮތުގައި ދައްކާ އަދަދުން %25 ޕަސެންޓް ޑިސްކައުންޓެއް ލިބޭނެ ކަމުގައި ދިރާގުން ހާމަކުރެއެވެ.

މިދިޔަ ބުދަ ދުވަހު ފެށި މި ޕްރޮމޯޝަން ކުރިއަށް ދާނީ 31  ނޮވެމްބަރ 2018 ގެ ނިޔަލަށެވެ.ފައިބަރ ބްރޯޑްބޭންޑަކީ ބްރޯޑްބޭންޑް ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީ އެވެ.

ދިރާގު ފައިބަރ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ހަލުވި ސްޕީޑު، 100 އެމްބީޕީއެސް އަދި އެންމެ ބޮޑު އެލަވަންސްކަމުގައިވާ 1ޓީބީގެ ޕެކޭޖް އެކުލެވިގެންވާ ޚިދުމަތެވެ.

ދިރާގުގެ ފައިބަރ ޓު ދަ ހޯމް މާލެ، ވިލިމާލެ އަދި ހުޅުމާލެ ގެ އިތުރުން 40 އެހެން ރަށަކަށް ވަނީ ފޯރުކޮށްދީފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް