މި ހިނގާ ނޮވެމްބަރުމަހު 15 އަދި 16 ވަނަ ދުވަހު ކުރުނބާ މޯލްޑިވްސްގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭޝިއަން ބޭންކަރސް އެސޯސިއޭޝަން (އޭބީއޭ) ގެ އަހަރީ ކޮންފަރެންސް ގެ އެންމެ ފަހުގެ ތައްޔާރީތައް ވަރަށް ބަރާބަރަށް ކުރިއަށް ދާކަން މި ކޮންފަރެންސް އިންތިޒާމުކުރާ ބޭންކް އޮފް މޯލްޑިވްސް އިން ހާމަކޮށްފިއެވެ.
އޭޝިއާގެ ބޮޑެތި މާލީ އިދާރާތަކުގެ ސީއީއޯ އިންނާއި އިސްވެރިން ހިމެނޭ ގޮތަށް ރާއްޖޭގައި ބާއްވާ މިފަދަ ފުރަތަމަ ކޮންފަރެންސްގައި 25 ގައުމެއްގެ 100 އަށްވުރެ ގިނަ ފަރާތުން ބައިވެރިވެއެވެ.
މި އަހަރުގެ ކޮންފަރެންސްގެ ޝިއާރަކީ އަކީ " ބޭންކިންގ އިން އޭޝިއާ: ދި ނެކްސްޓް ފްރޮންޓިއަރ" އެވެ. އަދި މާލީ ދާއިރާގައި ހަރަކާތްތެރިވާ އިސްފަރާތްތަކުން އޭޝިއާގައި ބޭންކިންގ ކުރިއަރަމުންދާ ގޮތުގެ މައްޗަށް އަލިއަޅުއްވައި މަޝްވަރާކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި ކުރިއަރަމުން އަންނަ ޓެކްނޮލޮޖީ އާއެކު މާލީ ދާއިރާގެ ހަރުދަނާކަމާއި އަދި އެ ދާއިރާގެ ނަޟާހަތްތެރިކަން ދެމެހެއްޓުމުގެ މުހިންމުކަމާ މެދުވެސް މި ކޮންފަރެންސްގައި މަޝްވަރާކުރެވިގެންދާނެއެވެ.
އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ކޯޕަރޭޓްތަކަށް ރާއްޖޭގައި އެންމެ ފުޅާކޮށް މާލީ ޚިދުމަތް ފޯރުކޮށްދޭ ބޭންކް އޮފް މޯލްޑިވްސް އަކީ ދިވެހިރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާއެވެ. ޓެކްނޮލްޖީ އަށް މުހިންމު އިސްކަމެއްދޭ ބީއެމްއެލް އަކީދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ޑިޖިޓަލް ބޭންކިންގ ޚިިދުމަތް ދޭންފެށި ބޭންކުވެސް މެއެވެ. ޓެކްނޮލްޖީ އާ ރައްޓެހި ދިވެހިރާއްޖޭގެ އާބާދީގައި، ބޭންކުގެ ކޮންމެ 10 މުއާމަލާތްތަކުން 9 މުޢާމަލާތް ހިނގަމުންދަނީ އޮންލައިންކޮށެވެ. ބޭންކް އޮފް މޯލްޑިވްސްއިން ދަނީ ރާއްޖޭގެ އެހެން ހުރިހާ ބޭންކްތަކަށް ވުރެ ފުޅާދާއިރާއެއްގައި މުޖުތަމައަށް އިންވެސްޓްކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް