ޖޭއެސްސީ މެމްބަރުކަމުން ރިޒާ ވަކިކޮށްފި

ޖުޑީޝަލް ސާވިސް ކޮމިޝަން ސާވިސް އަށް ރައްޔިތުންގެ މަޖިލީހަށް ކަނޑައަޅާފައިވާ މެމްބަރު، ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ ވަކިކޮށްފިއެވެ. ވަކިކޮށްފައިވަނީ މަޖިލީހުގައި މިއަދު އެކަމަށް ނެގި ވޯޓ...

12 Nov 2018 | 08:55

ޖުޑީޝަލް ސާވިސް ކޮމިޝަން ސާވިސް އަށް ރައްޔިތުންގެ މަޖިލީހަށް ކަނޑައަޅާފައިވާ މެމްބަރު، ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ ވަކިކޮށްފިއެވެ. ވަކިކޮށްފައިވަނީ މަޖިލީހުގައި މިއަދު އެކަމަށް ނެގި ވޯޓެއް ފާސްކޮށްގެންނެވެ.

އެ މަގާމުން ރިޒާ ވަކިކުރަން ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ހުށަހެޅުއްވި މައްސަލައިގާ މިއަދު އެހި ވޯޓުގައި ބައިވެރިވި 67 މެމްބަރުންގެ ތެރެއިން 42 މެމްބަރުން ވޯޓުދީފައިވަނީ ރިޒާ އެ މަގާމުން ވަކިކުރަން ފެންނަ ކަމަށެވެ. ވަކި ކުރަން ނުފެންނަ ކަމަށް ވޯޓުދިނީ 24 މެމްބަރުންނެވެ. ވަކި ގޮތަކަށް ވޯޓު ނުދެއްވާ އެއް މެމްބަރަކު އިންނެވިއެވެ.

އެ މަގާމަށް ރިޒާ އައްޔަން ކޮށްފައިވަނީ 24 ޖުލައި 2014ގައެވެ.

ވަކި ކުރުމުގެ ކުރިން އެ މައްސަލައިގާ ޖަވާބުދާރީވުމަށް ރިޒާއަށް މިއަދު މަޖިލީހުގައި ފުރުސަތު ދީފައިވެއެވެ.

އެ ފުރުސަތުގައި ރިޒާ ވިދާޅުވީ މަގާމުން ވަކި ކުރަން އުޅެނީ އަދާކުރައްވަން ޖެހޭ ޒިންމާ އަދާނުކުރައްވައިގެން ނޫން ކަމަށާއި ކޮމިޝަންގެ މެމްބަރަކަށް ހުންނަވައި، ކުރުން އެކަށީގެން ނުވާ ކަމެއް ކުރައްވާފައި ނުވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް