އެމް.ޑަބްލިޔު.އެސް.ސީ އިން އަލަށް ގާއިމް ކުރި ކަސްޓަމަރ ސަރވިސް ބިލްޑިންގ ޚާއްސަ ރަސްމިއްޔާތެއްގައި މިއަދު ހުޅުވައިފިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމް.ޑަބްލިޔު.އެސް.ސީ ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވެފައިވަނީ ކުންފުނީގެ އެންމެ ބޮޑު އަމާޒަކީ ފެންވަރު ރަގަޅު ޚިދްމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށެވެ. އެހެންކަމުން މިއަދު ހުޅުވިގެން މިދާ އައު ކަސްޓަމަރ ސަރވިސް އިމާތާރަކީ، ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަ ގޮތެއްގައި ޚިދުމަތްތައް ފޯރުކޮށްދެވި، ކަސްޓަމަރުންނާއި އެމް.ޑަބްލިޔު.އެސް.ސީ އާ ދެމެދުގައި ކުރިއަށްވުރެވެސް ގާތް އަދި ރަޙްމަތްތެރި މާހައުލެއް ޤާއިމްކުރުމަށް ހުޅުވާލެވިގެންދާ އިތުރު ދޮރެއްކަން މިއަދުގެ ރަސްމިއްޔާތުގައި އެމްޑީ ފަޒުލް ފާހަގަކުރެއްވިއެވެ.
އެ ކުންފުނިން ހާމަކޮށްފައިވާގޮތުގައި އެމް.ޑަބްލިޔު.އެސް.ސީގެ އައު ކަސްޓަމަރ ސަރވިސް ބިލްޑިންގގެ ތިރީ ފަންގިފިލާ (ގްރައުންޑް ފްލޯ) ގައި ފެން ބިލަށް ފައިސާ ބަލައިގަތުމާއި އަދި ފުރަތަމަ ފަންގިފިލާއިން (ފަރސްޓް ފްލޯ އިން) ކަސްޓަމަރ ސަރވިސް ގެ އެހެނިހެން ޚިދުމަތްތައް ލިބިގެންދާނެއެވެ. މީގެ ތެރޭގައި ފެނާއި ނަރުދަމާގެ އެކި ޚިދުމަތްތަކާއި، ކަސްޓަމަރުންނަށް ޚިދުމަތްތަކުގެ މަޢުލޫމާތު ފޯރުކޮށްދިނުން ހިމެނެއެވެ. އަދި މީގެ އިތުރުން ބިލްޑިންގްގެ ތިރީ ފަންގިފިލާގައި "ސެލްފް-ސަރވިސް ކިއޮސްކް" ކަސްޓަމަރުންނަށް ބޭނުންކުރެއްވޭނެއެވެ.
ކަސްޓަމަރ ސަރވިސް ބިލްޑިންގ އިމާރާތުގެ އިތުރުން، އެމް.ޑަބްލިޔު.އެސް.ސީ.ގެ ތާރޑް ޕާޓީ ޕޭމަންޓް އައުޓްލެޓް ތަކުން ފައިސާ ބަލައިގަތުން ކުރިއަށް ދާނެއެވެ. އަދި މޮބައިލް އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު ބިލަށް ފައިސާ ދެއްކޭނެ ކަމަށާއި އެމް.ޑަބްލިޔު.އެސް.ސީ ގެ އަމާޒަކީ ދެމެހެއްޓެނެވި ގޮތެއްގައި ރައްކާތެރި ބޯފެން އެންމެހާ ރައްޔިތުނަށްފޯރުކޮށްދިނުން ކަމުގައިވެސް އެ ކުންފުނިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް