ހަލުވި ސްޕީޑްތަކާއެކު އުރީދޫ ސުޕަނެޓް މާމިގިއްޔަށް

100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑުތަކާއި އެކު، އުރީދޫ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް އަދ. މާމިގިއްޔަށް ތައާރަފްކޮށްފިއެވެ. "ހަލުވި ސްޕީޑުގެ ބްރޯޑްބޭންޑް އިންޓަނެޓްގެ އެހީގައި، ހީ...

12 Nov 2018 | 06:23

100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑުތަކާއި އެކު، އުރީދޫ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް އަދ. މާމިގިއްޔަށް ތައާރަފްކޮށްފިއެވެ.

"ހަލުވި ސްޕީޑުގެ ބްރޯޑްބޭންޑް އިންޓަނެޓްގެ އެހީގައި، ހީވެސްނުކުރާފަދަ އިޤްތިސޯދީ އަދި އިޖްތިމާއީ ކުރިއެރުން ދަނީ ފެންނަމުން. މިގޮތުން، އަޅުގަނޑުމެންނަށް އެންމެ މުހިއްމު އެއް އަމާޒަކީ ދިވެހިރާއްޖޭގެ ކޮންމެ ރަށަކަށްވެސް، އަގުހެޔޮ ހަލުވި ސްޕީޑުގެ ބްރޯޑްބޭންޑް އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށް. މިއަދު މާމިގިއްޔަށް އުރީދޫ ސުޕަރނެޓް ތައާރަފްކޮށް، ރަށުގެ ރައްޔިތުންނަށް މި ފުރުސަތު ހުޅުވާލެވިގެން ދިއުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް." އުރީދޫގެ ޑައިރެކްޓަރ އޮފް ސޭލްސް އެންޑް ބްރޭންޑް، ހުސެން ނިޔާޒު ވިދާޅުވިއެވެ.

މުޅި ރާއްޖެއަށް ހަލުވި ސްޕީޑުގެ ބްރޯޑްބޭންޑް ތައާރަފްކުރުމަށް އުރީދޫ އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން އައިސްފައިވާ މި އުފާވެރި  ދުވަހުގެ މުނާސަބަތުގައި، އެކުންފުނިން ވަނީ ސުޕަރނެޓް ޚިޔާރު ކުރަށްވާ ކަސްޓަމަރުންނަށް ވަރަށް ހާއްސަ އޮފަރ އެއް ތައާރަފް ކޮށްފައެވެ. ހަމައެހެންމެ މާމިގިލީގެ ރައްޔިތުންނަށް ހަލުވި ސްޕީޑުގެ އިންޓަނެޓް ހޯދުމުގައި އިތުރު ފަސޭހަކަމެއް ގެނެސްދިނުމުގެ ގޮތުން، އުރީދޫ އިން ސުޕަނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމުގައި އެއްވެސް ކަނެކްޝަން ފީ އެއް ނުހިމެނުމަށްވަނީ ހަމަޖައްސާފައި އެވެ.

ދެ  އެމްބީޕީއެސް އިން ފެށިގެން 100 އެމްބީޕީއެސް އާއި ދެމެދުގެ ސްޕީޑުތަކުގައި، ކަސްޓަމަރުންގެ އެކި އެކި ބޭނުންތަކަށް އެކަށޭނެގޮތަށް ފަރުމާކުރެވިފައިވާ ތަފާތު ސުޕަނެޓް ބްރޯޑްބޭންޑް ޕެކޭޖް އުރީދޫ އިން ފޯރުކޮށްދެއެވެ. ހަމައެހެންމެ މި ޕެކޭޖުތަށް ވަނީ ފޭސްބުކް، ޔޫޓިއުބް، ނެޓްފްލިކްސް ފަދަ ދިވެހިންގެ މެދުގައި މަޤްބޫލް އެޕްލިކޭޝަންތަކުގެ ތަޖުރިބާ އިތުރަށް ފުރިހަމަ ކޮށްދޭގޮތަށް އޮޕްޓިމައިޒް ކުރެވިފައެވެ.

މި ޚިދުމަތާއި އެކު، މާމިގިލީގެ ރައްޔިތުންނަށް މާކެޓުގެ އެންމެ ހެޔޮ އަގުތަކުގައި އިންޓަނެޓް ބޭނުންކުރެވޭނެ އެވެ. ސުޕަރނެޓްގެ ޚިދުމަތް ހޯދުމުގައި ކަސްޓަމަރުންނަށް އިތުރަށް ލުއިފަސޭހަކަމެއް ފޯރުކޮށްދިނުމުގެ ގޮތުން، އުރީދޫ އިން ވަނީ 12 މަހުގެ އިންސްޓޯލްމަންޓް ޕްލޭން އަކާއި އެކު ސުޕަރނެޓްގެ ރައުޓަރު ބައްލަވައިގަތުމުގެ ފުރުސަތު ދީފައެވެ. ސުޕަރނެޓްގެ ޚިދުމަތް ހޯއްދެވުމަށް، ނުވަތަ ސުޕަރނެޓް ޕެކޭޖްތަކާއި ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް، http://ore.do/sn އަށް ޒިޔާރަތްކުރައްވާށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް