ޔަހޫދީންގެ ހަމަލާއެއްގައި ހަތް މުސްލިމަކު ޝަހީދުވެއްޖެ

ޣައްޒާގައި ޔަހޫދީ ސިފައިން ދިން ހަމަލާތަކެއްގައި ފަލަސްތީނުގެ ހަތް މުސްލިމަކު ޝަހީދުވެއްޖެއެވެ. މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި އެ ހަމަލާތަކަކީ ވައިގެ މަގުން ދިން ހަމަލާތަކެކެވެ. އެ ހަމަލާތަކަ...

12 Nov 2018 | 06:08

ޣައްޒާގައި ޔަހޫދީ ސިފައިން ދިން ހަމަލާތަކެއްގައި ފަލަސްތީނުގެ ހަތް މުސްލިމަކު ޝަހީދުވެއްޖެއެވެ.

މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި އެ ހަމަލާތަކަކީ ވައިގެ މަގުން ދިން ހަމަލާތަކެކެވެ. އެ ހަމަލާތަކަކީ ހަމާސް ޖަމާއަތަށް އަމާޒުކޮށް ދިން ހަމަލާތަކެއް ކަމުގައި އިޒްރޭލުން ބުނެފައިވެއެވެ.

އެ ހަމަލާތަކުގައި 40 މިސައިލު ބޭނުންކޮށްފައިވާއިރު ހަމާސް ޖަމާއަތަށް ނިސްބަތްވާ އެކަކު ޝަހީދުވެފައިވާކަމުގައި ހަމާސް ޖަމާއަތުން ބުނެފައިވެއެވެ.

މި އަހަރުގެ މާރިޗް މަހުން ފެށިގެން ފަލަސްތީނާއި އިޒްރޭލުގެ މަސްރަހު ހޫނުވެފައިވާއިރު އެހާތަނުން ފެށިގެން މިހާތަނަށް ޔަހޫދީންގެ ހަމަލާތަކުގައި 165 މުސްލިމުން ޝަހީދުކޮށްލާފައިވެއެވެ. ޔަހޫދީންގެ އެކަކުވެސް މަރުވެފައެއް ނުވެއެވެ.

މާރިޗް މަހުން ފެށިގެން މަސްރަހު ގޯސްވީ، އެމެރިކާއިން އިޒްރޭލަށް ކަނޑައަޅާފައިވާ އެމްބަސީ ގުދުސް އަށް ބަދަލުކުރަން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ނިންމެވި ހިސާބުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް