ހޮލީވުޑްގައި ރިއަލިޓީ ޝޯތަކުން މަޝްހޫރުކަން ހޯދާފައިވާ ބަތޮލާ ފަރާ އަބްރަހަމް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މި ބަތޮލާ ޗުއްޓީ ހޭދަކުރަމުން އަންނަނީ އަޔާޑާ މޯލްޑިވްސް ރިސޯޓްގައެވެ.
މި ތަރީގެ އިންސްޓަގްރާމުން އެނގޭގޮތުގައި އޭނާ ރާއްޖެ އައިސްފައިވަނީ މީގެ ދެ ދުވަސް ކުރިން މިދިޔަ ހޮނިހިރު ދުވަހުއެވެ. ރާއްޖެ ދޫކޮށް ދާނެ ވަކި ތާރީހެއް މީޑިއާތަކުގައި ހާމަކޮށްފައެއް ނުވެއެވެ.
ފަރާ އަންނަނީ އޭނާ ރާއްޖޭގައި ހޭދަކުރަމުން އަންނަ ޗުއްޓީގެ ފޮޓޯތައް އިންސްޓަގްރާމްގައި އޭނާ ފޮލޯކުރާ 1.6 މިލިޔަން ފޮލޯވަރުންނާއި ހިއްސާ ކުރަމުންނެވެ. ފޮޓޯތަކުން ފެންނަގޮތުގައި ފަރާ ރާއްޖެ އައިސްފައިވަނީ އޭނާގެ އަންހެން ދަރިފުޅުވެސް ގޮވައިގެންނެވެ.
ފިލްމީ ތަރިއެއްގެ އިތުރުން ފަރާއަކީ ލިޔުންތެރިއެކެވެ. އަދި ވިޔަފާރިވެރިއެއްވެސް މެއެވެ. ފަރާ މަޝްހޫރުވެފައިވަނީ 2009ގައި ދައްކަން ފެށި ރިއަލިޓީ ޝޯ "16 އެންޑް ޕްރެގްނެންޓް" އިންނެވެ. އޭގެ ފަހުން ރިއަލިޓީ ހަތް ޝޯއެއްގައި ބައިވެރިވެފައިވާއިރު ހަތަރު ފިލްމެއް ކުޅެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް