ފާޅުގައި އަނިޔާވެރިވަމުންދާ މީހަކާއިމެދު ޢީބަ ބުނެވިދާނެ: ޑރ. އިޔާޒް

ޢީބަ ބުނުން ހުއްދަވާ ބައެއް ހާލަތްތައް ހުންނަ ކަމަށާއި، ފާޅުގައި އަނިޔާވެރިވަމުންދާ މީހަކާއިމެދު ޢީބަ ބުނުން ހުއްދަ ކަމުގައި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް ވިދާޅުވެއްޖ...

12 Nov 2018 | 01:59

ޢީބަ ބުނުން ހުއްދަވާ ބައެއް ހާލަތްތައް ހުންނަ ކަމަށާއި، ފާޅުގައި އަނިޔާވެރިވަމުންދާ މީހަކާއިމެދު ޢީބަ ބުނުން ހުއްދަ ކަމުގައި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޒް މިހެން ވިދާޅުވެފައިވަނީ އިސްލާމިކް ނޮލެޖް ވައިބަރ ގްރޫޕަށް މީހަކު ފޮނުވާފައިވާ ސުލާވަލަކަށް ޖަވާބުދެއްވަމުންނެވެ.

ސުވާލުގައި ބުނެފައިވަނީ ވެރިޔަކަށް ހުންނަ މީހާއާ ދިމާކޮށް ކޮންމެ ސިފަޔަކަށް ގޮވިޔަސް އެއީ ގީބަ ބުނުމުގެ ތެރޭގައި ނުހިމެނީތޯ؟ ވަރަށް ތަފްސީލީ ޖަވާބެއް ދެއްވުން އެދޭ ކަމަށެވެ.

ޖަވާބުގައި ޑރ. އިޔާޒް ވިދާޅުވެފައިވަނީ ޢީބަ ބުނުން ހުއްދަ ވާ ބައެއް ހާލަތްތައް ހުންނަ ކަމަށާއި އޭގެތެރޭގައި ލަގަބެއް ބަޔާންކުރުން. މި ސާލަކަށް ރަށެއްގައި "ހަސަން" ނަމަކަށް ކިޔާ އެތައް ބަޔަކު އުޅޭނަމަ ކޮން ހަސަނެއްކަން ބުނެދިނުމަށް "ކޮރު ހަސަނު، ކުރު ހަސަނު" ފަދަ ގޮތްތަކަށް ބުނެވިދާނެ ކަމަށެވެ.

"ކައިވެނި ކުރަން ހުށަހެޅީމާ އޭނާގެ ހަގީގަތް ބެލުމަށް ކުރެވޭ ސުވާލުތަކުގައި އެކަމުގެ ޖަވާބު ދިނުމުގެ ގޮތުން ބުނެވޭ ބަސްތައް، ފާޅުގައި އަނިޔާވެރި ވަމުންދާ މީހެއް، އެމީހެއްގެ ނުބައިކަން މީސްތަކުންނަށް އަންގައިދީ ސަމާލުކުރުވަން ޖެހޭ ފަދަ މީހެއް" ޑރ. އިޔާޒްގެ ޖަވާބުގައި ވިދާޅުވެފައިވެއެވެ.

އިސްލާމިކް ނޮލެޖް ވައިބަރ ގްރޫޕްސް އަކީ ދީނީ ސުވާލުތަކަށް ޖަވާބު ލިބޭ ޕްލެޓްފޯމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް