ބިތްތަކުގައި ލާންވީ ހަމަ ހުދު ކުލަ !

ސޯޝަލް މީޑީއާ ހާވަމުން އަންނައިރު ރީތި ކޮޓަރިތަކާއި ސިޓިން ރޫމުތައް ފެނޭނޫންތޯއެވެ. އެއް ކަމެއް ފާހަގަވޭ ހެއްޔެވެ؟ އެއީ އާންމު ގޮތެއްގައި އެ ތަންތާނގެ ބިތްތަކުގައި ހުދު ކުލަ ލާފައި ހުރުމެވެ. މި ލިޔުމު...

12 Nov 2018 | 01:35

ސޯޝަލް މީޑީއާ ހާވަމުން އަންނައިރު ރީތި ކޮޓަރިތަކާއި ސިޓިން ރޫމުތައް ފެނޭނޫންތޯއެވެ. އެއް ކަމެއް ފާހަގަވޭ ހެއްޔެވެ؟ އެއީ އާންމު ގޮތެއްގައި އެ ތަންތާނގެ ބިތްތަކުގައި ހުދު ކުލަ ލާފައި ހުރުމެވެ.

މި ލިޔުމުގައި މި ބަލައިލަނީ ބިތްތަކުގައި ހުދު ކުލަ ލުމުން ލިބޭ ފައިދާތަކާއި ބައެއް އިތުރު ކަންތައްތަކަށެވެ.

ސާފު ތާހިރުކަން ރަމްޒުކޮށްދޭ:

ހުދު ކުލަ ރަމްޒު ކޮށްދޭ ބައެއް ކަންކަން ހުރެއެވެ. ސާފު ތާރިހުކަމާއި ޕޮޒިޓިވިޓީ އަކީ ހުދު ކުލަ ރަމްޒުކޮށްދޭ ބައެއް ކަންކަމެވެ.

ފްރޭމްތަކާއި ޑެކޮރޭޝަނަށް އެހާމެ ފުރިހަމަ:

ހުދު ކުލައިގެ ބިތެއްގައި ފޮޓޯ ފްރޭމް ހަރުކުރާނަމަ، ޑެކޮރޭޓް ކުރާނަމަ އެހެން ކުލަތަކުގައި އެކަން ކުރުމަށްވުރެ ރީތި ކަމަށް ދައްކާނެއެވެ.

އިތުރަށް އަލިކޮށްދީ ކަރަންޓް ހަރަދު ކުޑަކޮށްދޭ:

ކޮޓަރިއަށް ނުވަތަ ގެއަށް ބޮކި ގަންނައިރު ބިތްތަކުގައި ހުދު ކުލަ ލާފައިހުންނަ ނަމަ ވޯލްޓޭޖް ދަށް ބޮތްކަކުން ފުއްދާލެވިދާނެއެވެ. އެއީ ހުދު ކުލަ އަކީ އަލި ރިފްލެކްޓް ކޮށްދޭ ކުލައެއް ކަމުގައި ވާތީއެވެ.

ކޮޓަރި ބޮޑުކަމަށް ދައްކާނެ:

ދިރާސާ އަކުން ދައްކާފައިވާގޮތުގައި ކޮޓަރީގެ ބިތުގައި ހުދު ކުލަ ލާފައި ހުންނަ ނަމަ ކޮޓަރި ބޮޑުކަމަށް ދައްކާނެއެވެ. އަދި އެގޮތަށް ދައްކާނަމަ ހިތަށް ހިތްހަމަޖެހުން ގެނެސްދޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް