މިހިން ލަންކާއިން ރާއްޖެއަށް ދަތުރުތައް އަނެއްކާވެސް ފަށައިފިއެވެ.
މިއަދުން ފެށިގެން ހަފުތާއަކު 3 ދުވަހު މާލެއިން ލަންކާގެ ބަންޑާރަނައިކް އިންޓަރނޭޝަނަލް އެއަރޕޯޓަށް ފްލައިޓް ދަތުރުތައް ކުރުމަށް ތާވަލު ކޮއްަފއުވާ އިރު، އެ ދަތުރުތައް އޮންނާނީ ކޮންމެ ހަފުތާއެއްގެވެސް އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހުއެވެ.
މާލެއިން ލަންކާއަށް އިރުއޮއްސި 6:55 ގައި ފުރާ އިރު، ލަންކާއިން މާލެއަށް ފުރާނީ ހަވީރު 4:30 ގައެވެ.
ރާއްޖެއަށް އެ އެއަރލައިނުން ދަތުރުތައް ފެށީ އެ ޤައުމުގައި ދިރިއުޅޭ ދިވެހިންނަށާއި ރާއްޖޭގައި ދިރިއުޅޭ ޤައުމުން ބޭރު ބިދޭސީންނަށް ފަސޭހަކަމާއެކު ދަތުރުކުރުމަށް މަގު ފަހިކޮށްދިނުމަށް ކަމަށް މިހިން ލަންކާއިން ބުނެއެވެ.
މިދަތުރުތައް ފެށުމުގެ ސަބަބުން ރާއްޖޭގައި މަސައްކަތް ކުރާ އިންޑިއާ، ބަންގްލަދޭޝް ފަދަ ޤައުމުތަކުގެ މީހުންނަށް ހެޔޮ އަގުގައި ދަތުރު ކުރުމުގެ މަގު ފަހިވެގެންދާނެ ކަމަށޤވެސް މިހިން ލަންކާއިން ބުނެއެވެ.
ސްރީލަންކާގެ ބަޖެޓް އެއަރލައިނެއް ކަމަށްވާ މިހިން އެއަރލައިނުން އެއްކޮޅު ޓިކެޓް ވިއްކަނީ 85 ޑޮލަރު (1310 ރުފިޔާ) އަށެވެ. އަދި ދެ ކޮޅު ޓިކެޓް ވިއްކަނީ 143 ޑޮލަރު (2205 ރުފިޔާ) އަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް